ކްރިމިނަލް ކޯޓް އަދި ޑްރަގް ކޯޓް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ވިހެއި ދަރި މަރާލި މައްސަލާގައި މާމައަށް 3 އަހަރު، ބައްޕައަށް 5 އަހަރުގެ ޖަލު ހުކުމެއް

ދިވެހި ފިރިހެނަކާއި 18 އަހަރު ނުފުރޭ ދިވެހި އަންހެނަކަށް ލިބުނު އެ ދަރި މަރާލި ކަމުގެ ތުހުމަތުކުރަނީ ބައްޕަގެ އިތުރުން 18 އަހަރު ނުފުރޭ އަންހެން މީހާގެ މަންމައާއި އެ މަންމަގެ ލޯބިވެރިޔާގެ މައްޗަށް
1 ގަޑިއިރު ކުރިން

މާމަ ދަރިފުޅު ވިހެއެމާ އެކު މަރާލިކަން ސާބިތުވެ އެ ކުއްޖާއަށް މާމަ ކިޔާ ދިވެހި އަންހެން މީހާއަށް 3 އަހަރުގެ ޖަލު ހުުކުމެއް އަދި ދަރިފުޅުގެ ބައްޕަގެ މައްޗަށް 5 އަހަރުގެ ޖަލު ހުުކުމެއް ކޮށްފި އެވެ.

ވީކިހިނެއް؟ - މި މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވަނީ:

  • އާއިޝަތު ޝާއިރާ، ގްރީންލައިޓް/އދ. މާމިގިލި - އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެ ކަން ރިޕޯޓްނުކުރުމުގެ ކުށުގެ ދައުވާ

  • މުހައްމަދު އިމްތިޔާޒް، ސޯސަންވިލާ/ތ. މަޑިފުށި - އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ

  • މޫސާ އަހްސަމް، ޝެޑޯ/ހއ. ފިއްލަދޫ - އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ

މި ހާދިސާގައި ވިހެއުމާ އެކު މަރާލި ކަމަށް ބުނާ ކުޑަކުއްޖަކީ ޝާއިރާގެ 18 އަަހަރުގެ ނުފުރޭ އަންހެން ދަރި އާއި އަހުސަމަށް ކައިވެނީގެ ބޭރުން ލިބުނު ދަރިއެކެވެ. އިމްތިޔާޒަކީ ޝާއިރާގެ ލޯބިވެރިޔާ އެވެ.

ތަފްސީލް - ކުޑަކުއްޖަކު މަރާލި މައްސަލައަކާއި ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގި ކަމަށް ބުނާ މައްސަލައަކަށް ވާތީ މި މައްސަލައިގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުން ބޭއްވީ އާންމުކޮށް ހުޅުވާނުލައި ސިއްރުކޮށްގެންނެވެ. އަދި ޝަރީއަތް ނިމުނުގެ ގޮތުގެ ރިޕޯޓް ވެސް ކްރިމިނަލް ކޯޓުގެ ވެބްސައިޓްގައި އާންމުކޮށްފައެއް ނުވެ އެވެ.

ޝަރީއަތް ނިމުމުން ކްރިމިނަލް ކޯޓުގެ ވެބްސައިޓްގައި އެ ތިން މީހުންގެ މައްޗަށް ކަނޑައެޅި ޖަލު އަދަބު އާންމުކޮށްފައިވެ އެވެ. އެ ގޮތުން:

  • ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެ ކަން ރިޕޯޓްނުކުރުމުގެ ކުށުގެ ދައުވާއަށް ޝާއިރާގެ މައްޗަށް އިއްވީ 6 މަސްދުވަހުގެ ޖަލު ހުކުމެއް

  • އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއަށް ޝާއިރާއާއި އިމްތިޔާޒުގެ މައްޗަށް އިއްވީ 2 އަހަރާއި 6 މަސްދުވަހުގެ ޖަލު ހުކުމަކާއި ކައްފާރާގެ ގޮތުގައި ވިދިވިދިގެން ދެ މަސްދުވަހު ރޯދަ ހިފުމަށް

  • އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއަށް އަހުސަމްގެ މައްޗަށް އިއްވީ 5 އަހަރުގެ ޖަލު ހުކުމެއް؛ އޭގެ ތެރެއިން އޭނާ ބަންދުގައި ހުރި ދުވަސްތައް އުނިކުރުމުން ޖަލު ހުކުމުން ތަންފީޒުކުރަން ޖެހެނީ 3 އަހަރާއި 7 މަސްދުވަސް

  • އަހުސަމް ވެސް ކައްފާރާގެ ގޮތުގައި ވިދިވިދިގެން ދެ މަސްދުވަހު ރޯދަ ހިފުމަށް ހުކުމްކޮށްފައިވޭ

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް