އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ފައުޒާން އަހްމަދު ހުސައިން (25އ)، ސޭންޑީސައިޑް/ވ. ކެޔޮދޫ.

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ކެޔޮދޫން މީހަކު ހައްޔަރުކޮށްފި

އޭނާ ހައްޔަރުކުރީ، ފުލުހުން ބުނި ގޮތުގައި، ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ކަމަށް ކަސްޓަމްސްްއިން ދިން މައުލޫމާތަކާ ގުޅިގެން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް، ވ. އަތޮޅު ފުލުހުން އަދި ކަސްޓަމްސް ހިންގި އޮޕަރޭޝަނެއްގައި
2 ގަޑިއިރު ކުރިން

އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ކަމުގެ ތުހުމަތުގައި ވ. ކެޔޮދޫން މީހަކު ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް، ވ. އަތޮޅު ފުލުހުން އަދި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ ފައުޒާން އަހްމަދު ހުސައިން، 25، ސޭންޑީސައިޑް/ވ. ކެޔޮދޫ އެވެ.

ތަފްސީލު - އޭނާ ހައްޔަރުކުރީ، ފުލުހުން މިއަދު ބުނި ގޮތުގައި، ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ކަމަށް ކަސްޓަމްސްްއިން ދިން މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.

އޭނާ ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ފުުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް