ފުލުހުން މާލޭގެ މަގުތައް ބަލަހައްޓަން ހަރަކާތްތެރިވަނީ (ފޮޓޯ/ ފުލުހުންގެ އިދާރާ)

ފުލުހުން

މިރޭ 8 އިން 12 އަށް މާލޭގެ ބައެއް ސަރަހައްދުތައް ބަންދުކުރަނީ

މާލޭގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ފުލުހުން ނިންމިއިރު، 'ވަޒީފާ ބުރާސްފަތި' ނަމުގައި 8:30ގައި އިދިކޮޅު އެމްޑީޕީގެ އިހުތިޖާޖެެއް ކުރިޔަށް ގެންދާނެ
1 ގަޑިއިރު ކުރިން

މިރޭ 8 އިން 12 އަށް މާލޭގެ ބައެއް ސަރަަހައްދުތައް ބަންދުކުރަން ފުލުހުން ނިންމައިފި އެވެ.

ތަފްސީލް - ފުލުހުން މިއަދު މެންދުރު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ:

  • މާލޭގެ އެކި ސަރަހައްދުތައް މިރޭ 8 އިން 12 ޖެހުމާ ހަމަޔަށް ބަންދުކުރަން ހަމަޖެހިފައިވާ ކަމަށް

  • މަގުތައް ބަންދުކުރަނީ، މާލޭގެ ޓްރެފިކް ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށް 

  • އެކަމަކު ބަންދުކުރަނީ ކޮން ސަރަހައްދުތަކެއް ކަމެއް ނުބުނޭ

ފާހަގަކޮށްލެވޭ ކަމެއް - މާލޭގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ފުލުހުން ނިންމިއިރު،  'ވަޒީފާ ބުރާސްފަތި' ނަމުގައި އިދިކޮޅު އެމްޑީޕީގެ އިހުތިޖާޖެެއް ބޭއްވުމަށް އޮތީ ނިންމާފަ އެވެ. މި އިހުތިޖާޖު ފަށަން ހަމަޖެހިފައި އޮތީ، މިރޭ 8:30ގައި ރަސްފަންނު ސަރަހައްދުންނެވެ. އިހުތިޖާޖު ނިންމާ ގޮތަށް އޮތީ އާޓިފިޝަލް ބީޗު ސަރަހައްދަށެވެ.

އާންމުކޮށް މިފަދަ އިހުތިޖާޖުތައް ރޭގަނޑު 12 ޖެހުމާ ހަމަޔަށް ކުރިއަށް ގެންދެ އެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް