ޑްރަގު ނައްތާލުމަށް ކ. ދޫނިދޫގައި ބޭއްވި ހަރަކާތެއްގެ ތެރެއިން(ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

އައްޑޫގެ އިތުރު ޑްރަގު ކެފޭއެއް ކޯޓު އަމުރަކުން ބަންދުކޮށްފި

މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާތީ މިމަސްތެރޭ ސ. ހިތަދޫގެ ޑްރަގު ކެފޭއެއް ވެސް ވަނީ ކޯޓު އަމުުރަކުން ބަންދުކޮށްފައި
1 ގަޑިއިރު ކުރިން

އައްޑޫ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި އިތުރު ގެއެއް ނުވަތަ ޑްރަގު ކެފޭއެއް ކޯޓު އަމުރަކުން ބަންދުކޮށްފި އެވެ. 

ތަފްސީލް - މިފަހަރު ބަންދުކުރީ، ސ. މަރަދޫފޭދޫ 'އުއްމީދު' ކިޔާ ގެއެކެވެ. އެތަން ބަންދުކުރަން އެރަށު މެޖިސްޓްރޭޓް ކޯޓުން އިއްޔެ މި އަމުރު ނެރުނީ 90 ދުވަހުގެ މުއްދަތަކަށެވެ.

މި އަމުރު ނެރެފައި ވަނީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ބާރު ލިބިގެންނެވެ. ފުލުހުން ބުނީ:

  • ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެއް

  • މިފަދަ ތަންތަނަށް ހުއްދައާ ނުލާ ވަންނަ ފަރާތްތަކާއި އެ ތަންތަނަށް އެކި ގޮތް ގޮތުން ގެއްލުންދޭ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ

  • އައްޑޫގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ދަންނަވަން

  • މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާ އިތުރު ތަންތަން ހޯދައި، ގާނޫނުގައިވާ ގޮތުގެ މަތިން އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާނެ

އެނގުން މުހިންމު - މި އަމުރަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރުމަށް އައްޑޫ ކޯޓަކުން ނެރުނު ދެވަނަ އަމުރެވެ. އެގޮތުން، މަސްތުވާތަކެތި ބޭނުންކުރުމަށާއި އެ ތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރަމުންދާ މައްސަލައާ ގުޅިގެން ސ. ހިތަދޫ، 'ލާމިޔާގެއާގެ' ކިޔާ ގެއެއްވެސް މިމަހުގެ 8ގައި ވަނީ ބަންދުކޮށްފަ އެވެ.

އެ އަމުރު ނެރެފައިވަނިކޮށް އެތަނަށް ވަތް މީހަކު އާދިއްތަ ދުވަހު ވަނީ ހައްޔަރުކޮށްފައި ވެސްމެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް