ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން އާއިލާ ބޯހިޔާވަހިކަން ޕްރޮގްރާމް ތައާރަފްކުރަން ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/ޕީއެސްއެމް)

ސުންގަޑި ހަމަވާން ގާތްވެފައިވަނިކޮށް ހައުސިން ޕޯޓަލް ޑައުންވެއްޖެ

ހައުސިން މިނިސްޓްރީން ބުނީ ޕޯޓަލްގެ ހިދުމަތް މެދުކެނޑުނީ ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެން ކަމަށް
1 ގަޑިއިރު ކުރިން
1

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމް 'ބޯހިޔާވަހިކަން އެންމެނަށް'ގެ ދަށުން ގޯއްޗާއި ފްލެޓަށް ހުށަހަޅަން ހުޅުވާލި ސުންގަޑި ހަމަވާން ގާތްވެފައި ވަނިކޮށް ޕޯޓަލް ޑައުންވެއްޖެ އެވެ. 

ވީކިހިނެއް؟ - ދެ ފަހަރު މަތިން މުއްދަތު އިތުރުކުރި މި ސްކީމަށް އެދި ހުށަހެޅުމުގެ ސުންގަޑި މިހާރު ވަނީ މިރޭ 11:59 އަށެވެ. 

ތަފްސީލް - ހައުސިން ޕޯޓަލް ޑައުންވުމާ ގުޅިގެން ހައުސިން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޕޯޓަލްއަށް ޓެކްނިކަލް މައްސަލައެއް ދިމާވެ އެޕްލިކޭޝަން ހުށަހެޅުގެ ހިދުމަތް ވަގުތީގޮތުން ވަނީ މެދުކެނޑިފައިވާ ކަމަށެވެ. 

މި މައްސަލަ ހައްލުކުރުމަށް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން މަސައްކަތް ކުރަމުންދާ ކަމަށާއި މައްސަލަ ޙައްލުވިހާ އަވަހަކަށް އެކަން ޢާންމުކޮށް އަންގާނެ ކަމަށް ބުންޏެވެ.

މި ކަމުގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދޭ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ. 

ޕޯޓަލް ޑައުންވިތާ ގަޑިއިރެއް ފަހުން ހައުސިން މިނިސްޓްރީން ބުނީ މިހާރު ދިމާވި މައްސަލަ ހައްލުކޮށް، ސުންގަޑި މިރޭ ދަންވަރު 2:00 ޖަހަން ދެން އިތުރުކޮށްފައިވާ ކަމަށެވެ.

ކޮމެންޓް (1)

profile-image-placeholder

ަދދދސ

1 ގަޑިއިރު ކުރިން
އަނެއްކާވެސް މަހެއް އިތުރުކުރާން ބަހަނާ ދައްކަންވެގެން ކުރިކަމަކާ ވައްތަރީ

އިތުރު އާޓިކަލް

އިތުރު އާޓިކަލް