ވ. ކުނާވަށި ރިސޯޓް --

އީއައިއޭ ނުހަދައި ސީޕްލޭން ޕްލެޓްފޯމެއް އަޅާތީ ކުނާވަށި ރިސޯޓް 20،000ރ. އިން ޖޫރިމަނާކޮށްފި

އެންވަޔަރެމެންޓް ރެގިއުލޭޝަން އޮތޯރިޓީ (އީއާރުއޭ)ން ބުނި ގޮތުގައި ކުނާވަށި ރިސޯޓް ހިންގާ ކުންފުނިން ޖޫރިމަނާ ދައްކަން ޖެހޭނީ އިއްޔެއިން ފެށިގެން ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި
1 ގަޑިއިރު ކުރިން

ތިމާވެއްޓަށް ކުރާ އަސަރުތައް ބަޔާންކޮށްދޭ ރިޕޯޓް، އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ފުރިހަމަނުކޮށް ވ. ކުނަވަށި ރިސޯޓްގައި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންގޮސްގެން އެ ރިސޯޓް ހިންގަމުންދާ ކުންފުނި 20،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

ތަފްސީލް - އެންވަޔަރެމެންޓް ރެގިއުލޭޝަން އޮތޯރިޓީ (އީއާރުއޭ) އިން ބުނީ އެ އޮތޯރިޓީގެ ހުއްދަ ލިބުމުގެ ކުރިން، އީއައިއޭ ހެދުމުގެ މަރުހަލާތައް ފުރިހަމަނުކޮށް ކުނަވަށީގައި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެހެންވެގެން އެ ރިސޯޓް ހިންގާ ކުންފުނިން އީއައިއޭ ހެދުމުގެ ގަވާއިދުގައި ބަޔާންކުރާ ހުއްދަ ނުހޯދައި ތަރައްގީގެ މަޝްރޫއު ހިންގުމުގެ ކުށްކުރި ފުރަތަމަ ފަހަރަށް ކަނޑައަޅާފައިވާ އަދަދު ކަމަށްވާ، 20،000ރ. އިން އެ ކުންފުނި ޖޫރިމަނާކޮށްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

ކުނާވަށި ރިސޯޓް ހިންގަމުން ދަނީ ޗައިނާގެ ސީ.ޖޭ.އެލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުންނެވެ.

މިއަދު ނެރުނު ބަޔާނުގައި އީއާރުއޭން ބުނީ އިއްޔެ ޖޫރިމަނާކޮށް، އިއްޔެއިން ފެށިގެން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެ ޖޫރިމަނާ ދައްކައި ނިންމަން ޖެހޭނެ ކަމަށެވެ.

ސީޖޭއެލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މަސައްކަތްތައް އީއައިއޭ ހެދުމާ ބެހޭ ގަވާއިދާ އެއްގޮތަށް، އީއައިއޭ ހެދުމުގެ މަރުހަލާތައް ފުރިހަމަކުރުމަށް ފަހު ކުރިއަށް ގެންދަން ނަސޭހަތްތެރިވެފައިވާނެ ކަމަށް ވެސް އީއާރުއޭން ބުންޏެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް