ރޭ ކިއުރަސާއޯ ދެކޮޅަށް ލަނޑު ޖެހުމަށް ފަހު ޖަރުމަންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ވޯލްޑް ކަޕް 2026

ޖަރުމަންގެ ހިތާމައަށް ލުޔެއް ލިބޭނެ ހަތް ލަނޑު

މިދިއަ ދެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓި ޖަަރުމަން ރޭ މިފަހަރުގެ މުބާރާތް ފެށީ ހަތް ލަނޑުން. އެކަމަކު އެެއީ ވޯލްޑް ކަޕްގައި ވާދަކުރާ އެންމެ ކުޑަ ގައުމާ ވާދަކޮށްގެން
2 ގަޑިއިރު ކުރިން

އެންމެ ފަހު ދެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓުމަކީ ޖަރުމަން ފަދަ ފުޓްބޯޅައިގެ ގަދަ ބާރަކަށް އޮތް ވަރަށް ބޮޑު ހިތާމައަކާއި ލަދެކެވެ.

ނަމަވެސް ރޭ އެ ހިތާމައަށް ލުޔެއް ލިބޭނެ ގޮތަށް މި ފަހަރު ވޯލްޑް ކަޕްގެ ފެށުން ޖަރުމަނުން ރަނގަޅުކުރީ ހަތް ލަނޑު ޖަހައިގެންނެވެ. ވާދަވެރި ގައުމުގެ ނަމަކީ، ވޯލްޑް ކަޕަށް އެ ގައުމު ކޮލިފައިވުމުގެ ކުރިން ދިވެހިން އަޑުއަހާފައި ވެސް ނެތް، ކިއުރަސާއޯ އެވެ.

ޖަރުމުން މި މެޗު ކާމިޔާބުކުރީ 7-1އިންނެވެ.

އެކަމަކު ހަ ވަނަ މިނިޓްގައި ޖަރުމަނުން ލީޑު ނަގާފައި އޮއްވާ 21 ވަނަ މިނިޓްގައި ކިއުރަސާއޯގެ ލިވާނޯ ކޮމެނެންސިއާ ރީތި ލަނޑެއް ޖަހައި ތާރީހަށް ވަނެވެ. އެއީ އާބާދީގައި ދެ ލައްކަ ހަމަނުވާ ކުޑަކުޑަ ގައުމަށް ވޯލްޑް ކަޕްގެ ފުރަތަމަ ލަނޑެވެ.

ޖަރުމަން ހުއްޓައެއް ނުލެވުނެވެ. ދެން ލަނޑުތައް އައީ ފުލުފުލުގައި އެ ދެމެދަށް މާ ގިނަ ވަގުތެއް ވެސް ނުދީ އެވެ. އޭގެ ތެރެއިން ދެ ލަނޑު ޖެހީ ކައި ހަވާޓްޒް އެވެ.

މެޗުގެ ލަނޑުތައް

  • 1-

    6: ފެލިކްސް އެންމޭޗާ، ޖަރުމަން

  • 2-

    21: ލިވާނޯ ކޮމެނެންސިއާ، ކިއުރަސާއޯ

  • 3-

    38: ނިކޯ ޝްލޮޓާބެކް، ޖަރުމަން

  • 4-

    45: ކައި ހަވާޓްޒް (ޕެނެލްޓީއެއް)، ޖަރުމަން

  • 5-

    47: ޖަމާލް މުސިއާލާ، ޖަރުމަން

  • 6-

    68: ނަތަނިއެލް ބްރައުން، ޖަރުމަން

  • 7-

    78: ޑެނިޒް އުންޑޭވް، ޖަރުމަން

  • 8-

    88: ކައި ހަވާޓްޒް، ޖަރުމަން

އައިވަރީ ކޯސްޓްގެ އަމަޑް ޑިއާލޯ، ވޯލްޑް ކަޕްގެ ގްރޫޕް އީގައި އިކުއެޑޯ ކޮޅަށް ލަނޑު ޖަހަނީ

ގްރޫޕް އީގައި ދެން ހިމެނެނީ އައިވަރީ ކޯސްޓް އާއި އިކުއެޑޯ އެވެ. ރޭ ފަތިހު ކުޅުނު މެޗު 1-0 އިން ކާމިޔާބުކޮށް އައިވަރީ ކޯސްޓް އޮތީ ތާވަލްގެ ދެ ވަނައިގަ އެވެ.

މެޗުގެ ފަހު މިނިޓްގައި އައިވަރީ ކޯސްޓް މޮޅުކޮށްދިނީ މެންޗެސްޓަ ޔުނައިޓެޑްގެ އަމަޑް ޑިއާލޯ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް