މިފަހަރުގެ ކޭމްޕްގައި ބައިވެރިވާ ޓްރީ ޓޮޕް ހޮސްޕިޓަލުގެ 8 ކޮންސަލްޓަންޓުން.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހެލްތު ކޭމްޕު މި ހަފްތާ ބަންދުގައި ލ. ގަމުގައި ބާއްވަނީ
ޓްރީ ޓޮޕް ހޮސްޕިޓަލުން މި އަހަރު ބާއްވާ ދެވަނަ ހެލްތު ކޭމްޕް މި ހަފްތާ ބަންދުގައި ލ. ގަމުގައި ބާއްވަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ގަމު ރީޖަނަލް ހޮސްޕިޓަލާ ގުޅިގެން އަންނަ ހުކުރު އަދި ހޮނިހިރުގައި ކުރިއަށްގެންދާ މި ކޭމްޕުގެ މަގްސަދަކީ އެ އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ދުރާލާ ރަޖިސްޓްރީކޮށްގެން ތަފާތު ބަލިތަކުގެ ހާއްސަ ޑޮކްޓަރުންނަށް ހިލޭ ދެއްކުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
މިކޭމްޕްގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން މާލެއަށް ދަތުރުކުރުމުގެ ބަދަލުގައި، ރަށާ ގާތުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހާއްސަ ޑޮކްޓަރުންގެ އިރުޝާދު ހޯދުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ.
ތަފްސީލް - މިފަހަރުގެ ކޭމްޕްގައި ބައިވެރިވާ ޓްރީ ޓޮޕް ހޮސްޕިޓަލުގެ 8 ކޮންސަލްޓަންޓުންނަކީ:
-
1-
ޑރ. މޫސާ މަނިކު - ހިތުގެ ބަލިތުގެ ހާއްސަ
-
2-
ޑރ. ޕަންކަޖް ޕަޓަވާރީ – ހޯމޯން ބަލިތަކުގެ ޚާއްސަ (އެންޑޮކްރިނޮލޮޖީ)
-
3-
ޑރ. ޗަންދުރަޝޭކަރު ރާވަލް - ކަރުންމަތީގެ ބަލިތަކުގެ ޚާއްސަ (އީއެންޓީ)
-
4-
ޑރ. އިބްރާހީމް މުއުމިން – އޮޕަރޭޝަންތަކުގެ ހާއްސަ
-
5-
ޑރ. މުހައްމަދު ހަބީބް - ކަށީގެ ބަލިތަކުގެ ޚާއްސަ
-
6-
ޑރ. އަލީ މުޒްނީ – ކަށީގެ ބަލިތަކުގެ ހާއްސަ
-
7-
ޑރ. ނަޒްމީ ލަތީފް - ނޭވާލާ ނިޒާމުގެ ބަލިތަކުގެ ހާއްސަ
-
8-
ޑރ. މެހެމެތް އޮޑާ - ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ހާއްސަ
މި ކޭމްޕުގެ ތެރެއިން، ހާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިތުރުން:
-
ބަލިތައް އަވަހަށް ދެނެގަތުމަށާއި ބަލިތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ސިއްހީ ސްކްރީނިން އާއި މައުލޫމާތު ދިނުމުގެ ހަރަކާތްތައް ކުރިއަށްދާނެ
-
އަތޮޅުތަކުގެ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުގެ ނަރުހުންނަށް ސިއްހީ ތަމްރީނު ޕްރޮގްރާމެއް ހިންގާނެ؛ މިއީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަރުހުންނާ އެކު މައުލޫމާތާއި ތަޖުރިބާ ހިއްސާކޮށް، ފަންނީ ހުނަރު އިތުރުކުރުމަށް ފަހިކޮށްދެވޭ ފުރުސަތެއް
-
ޒުވާނުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމަކަށް ހޭލުންތެރިކަން އިތުރުކުރުމަށާއި ސިއްހީ ދާއިރާގެ ވަޒީފާތަކަށް ޝައުގުވެރިކަން އުފެއްދުމުގެ މަގްސަދުގައި ގަމުގެ ދަރިވަރުންނަށް ހާއްސަ ތައުލީމީ ސެޝަނެއް ކުރިއަށް ގެންދާނެ
މި ކޭމްޕަށް އެޕޮއިންޓްމަންޓް ހެއްދުމުގެ ސުންގަޑިއަކީ އަންނަ ބުދަ ދުވަހުގެ ރޭގަނޑު 11 އެވެ. ގަމު ރީޖަނަލް ހޮސްޕިޓަލުގެ ނަންބަރު 6800026 ގުޅުގައިގެން ރަޖިސްޓްރީ ކުރެވޭނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލް
-
އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހިން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުން
-
ސިއްހީ ހިދުމަތުގެ ޚަރަދުތައް ކުޑަކުރުން
-
އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާ އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިންގެ ގިނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުން
ކޮމެންޓް