އިންޑިއާއިން ހަދިޔާކުރި 20،000 ޑޯޒުގެ ހިމަބިހީގެ ވެކްސިނާ ހެލްތު މިިނިސްޓަރު ގީލާ އަލީ ހަވާލުވެވަޑައިގަންނަވަނީ (ފޮޓޯ/ ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން)

ހިމަބިހި

އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒުގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި

ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވީ ވެކްސިންގެ އިތުރުން ހެލްތު ލެބޯޓަރީގެ އެކި އާލާތްތަކާއިި ސިއްހީ ސާމާނު ވެސް އިންޑިއާއިން ހަދިޔާކޮށްފައިވާ ކަމަށް
1 ގަޑިއިރު ކުރިން

ރާއްޖޭގައި ހިމިބިހި ކޮންޓްރޯލްކުރުމަށް އިންޑިއާއިން 20،000 ޑޯޒުގެ ވެކްސިން ހަދިޔާކޮށްފި އެވެ.

ތަފްސީލް - މި ތަކެތި ހަދިޔާ ކުރުމަށް ހެލްތު މިނިސްޓްރީގައި މިއަދު ހަވީރު ރަސްމިއްޔާތެއް ބޭއްވި އެވެ. އެގޮތުން:

  • ދިވެހި ސަރުކާރުގެ ފަރާތުން އެ އެހީއާ ހަވާލުވެވަޑައިގެންނެވީ ހެލްތު މިނިސްޓަރު ގީލާ އަލީ

  • އިންޑިއާ ސަރުކާރުގެ ފަރާތުން ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ޖީ ބަލަސުބްރަމާނިއަމް

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވީ ވެކްސިންގެ އިތުރުން ހެލްތު ލެބޯޓަރީގެ އެކި އާލާތްތަކާއިި ސިއްހީ ސާމާނު ވެސް އިންޑިއާއިން ހަދިޔާކޮށްފައިވާ ކަމަށެވެ.

ރާއްޖެއަށް ކުރިމަތިވާ މިފަދަ ސިއްހީ ކޮންމެ ހައްސާސް ވަގުތެއްގައި އިންޑިއާއިން އަބަދު ވެސް ރާއްޖެއަށް ވެދެމުން އަންނަ އެހީތަކަށް މިިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.

އެނގުން މުހިންމު - ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ކަނޑައަޅާފައިވާ ހިމަބިހީގެ ކޭސްތަކެއް މިދިޔަ މަހުގެ ކުރީކޮޅު މާލެ ސަރަހައްދުން ފެންނަން ވަނީ ފަށައިފަ އެވެ. 

މިދިޔަ ހަފްތާގައި އެ ބަލީގެ އިތުރު 4 ކޭސް މާލެ ސަރަހަައްދުން ފެނި، އެ ބަލީގެ ކޭސްތަކުގެ ޖުމްލަ މިހާރު 15އަށް އަރާފައިވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް