މީޑިއާނެޓް ހެޑް އޮފީސް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ވޯލްޑް ކަޕް ދައްކަން އުޅެނިކޮށް ސިވިލް ކޯޓުން ހިލޭޓީވީ ހުއްޓުވަން އަންގައިފި
ހިލޭޓީވީ ވެބްސައިޓް މެދުވެރިކޮށް ވޯލްޑް ކަޕްގެ މެޗުތައް ދައްކާނެ ކަމަށް އިއުލާންކޮށްފައިވަނިކޮށް، އެ ސައިޓް ހުއްޓުވަން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކެމް)އަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ވީކިިހިނެއް؟ - އެކި ތަންތަނުން ޕައިރޭޓެޑް ޓީވީ ޗެނަލްތަކުގެ ލިންކު އެއްކޮށްގެން އާންމުންނަށް ފެންނަ ގޮތަށް ހިންގާ ހިލޭޓީވީ ވެބްސައިޓްގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ މީޑިއާނެޓުންނެވެ.
ތަފްސީލް - މީޑިއާނެޓުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ:
-
ކާކުކަން ނޭނގޭ ގޮތަށް ހިންގާ ހިލޭޓީވީން މީޑިއާނެޓްގެ ފީޑުތައް ނެގުމަށް މަސައްކަތްކޮށް، އެ ވެބްސައިޓްގައި މޯލްޑިވްސް މީޑިއާނެޓްގެ ނަމުގައި ވަކި ކެޓަގަރީއެއް ހަދާފައިވޭ
-
ހިލޭޓީވީގެ ޓެލެގްރާމް ސަޕޯޓް ގްރޫޕުގައި މިދިޔަ ހަފުތާގައި ފޮނުވި މެސެޖެއްގައި މީޑިއާނެޓްގެ ފީޑުތައް ކާމިޔާބުކަމާ އެކު އެ ސައިޓަށް ނެގިފައިވާ ކަމަށް ބުނެފައިވޭ
-
ފީފާ ވޯލްޑް ކަޕް ރާއްޖޭގައި ދެއްކުމުގެ އެކްސްކްލޫސިވް ރައިޓްސް ހޯދައި ސަބްލައިސެންސްގެ ދަށުން ޕީއެސްއެމަށް ނޮން-ކޮމާޝަލް އެންޓިޓީތަކަށް ވޯލްޑް ކަޕް ދެއްކުމުގެ ހުއްދަ ދީފައިވަނިކޮށް، އެ ކަމުގެ ލައިސެންސެއް ނެތް ހިލޭޓީވީން އެ ދައްކާނެ ކަމަށް ބުނެފައިވޭ
ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ މީޑިއާނެޓުން އެދުނު ވަގުތީ އަމުރުގައި އެ ކަމަށް އެދެންޖެހޭ ޝަރުތުތައް ފުރިހަމަވާ ކަމަށެވެ. އެ ތަނުން އެދޭ ގޮތަށް، އެ މައްސަލަ ނިމެންދެން އާންމުން އެ ސައިޓަށް ނުވަދެވޭ ގޮތް ހެދުމަށް އެ އަމުރުގައިވެ އެވެ.
ކޮމެންޓް (1)
ކޮމޮޑަސް