އިސްލާމިކް މިނިސްޓްރީން ޒަކާތަށް ފައިސާ ނަގަނީ
މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5،500ރ. ބަހައިފި
މި އަހަރުގެ ހައްޖު މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ޖުމުލަ 2،384 މީހުންނަށް މުދަލު ޒަކާތުގެ ފައިސާ ވަނީ ޖަމާކޮށްފައި
1 ގަޑިއިރު ކުރިން
މޯލްޑިވްސް ޒަކާތު ހައުސްއިން މި އަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5،500ރ. ބަހައިފި އެވެ.
ތަފްސީލް - ޒަކާތު ހައުސްއިން ބުނި ގޮތުގައި މި އަހަރުގެ ހައްޖު މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ޖުމުލަ 2،384 މީހުންނަށް މުދަލު ޒަކާތުގެ ފައިސާ ވަނީ ޖަމާކޮށްފަ އެވެ. އެއީ އެކު ޖުމުލަ 13.1 މިލިއަން ރުފިޔާ ކަމަށް ބުންޏެވެ.
ފާހަގަކޮށްލެވޭ - އޭގެ އިތުރުން ޒަކާތު ހައުސްއިން ފާހަގަކުރި ގޮތުގައި:
-
މިއީ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހުނު އެންމެ ބޮޑު އަދަދު
-
އަހަރު މުދަލު ޒަކާތުގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް 5,000ރ.
ކޮމެންޓް