ކަރެކްޝަންސްގެ އޭސީޕީ އާސިފް: އޭނާއަށް ތުހުމަތު ކުރެވޭ 2 ލައްކައެއްހާ ރުފިޔާގެ ވަައްކަމުގެ މައްސަލައެއް ވަނީ ފެންމަތިވެފައި

ކަރެކްޝަންސްގެ ކުރީގެ އޭސީޕީ އާސިފަށް ވަޒީފާ ދޭން ކުރި ހުކުމުގެ މައްސަލަ ހައި ކޯޓަށް

އާސިފަށް ކަރެކްޝަންސްގެ ވަޒީފާ ދިނުމަށާއި އޭނާ ވަކިކޮށްފައި ހުރި މުއްދަތުގެ މުސާރަ ދިނުމަށް ސިވިލް ކޯޓުން ހުކުމްކުރީ މިދިޔަ މަހުގެ 10 ވަނަ ދުވަހު
1 ގަޑިއިރު ކުރިން

ހިޔާނާތުގެ ތުހުމަތުކުރެވޭ އެސިސްޓެންޓް ކޮމިޝަނަ އޮފް ޕްރިޒަންސް މުހައްމަދު އާސިފް މަގާމުން ވަކިކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި އޭނާގެ ވަޒީފާ އަނބުރާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިއްޔެ އިސްތިއުނާފްކޮށްފި އެވެ.

ވީކިހިނެއް؟ - އާސިފަށް ކަރެކްޝަންސްގެ ވަޒީފާ ދިނުމަށާއި އޭނާ ވަކިކޮށްފައި ހުރި މުއްދަތުގެ މުސާރަ ދިނުމަށް ސިވިލް ކޯޓުން ހުކުމްކުރީ މިދިޔަ މަހުގެ 10 ވަނަ ދުވަހުގަ އެވެ. އެ ހުކުމަށް އަމަލުނުކޮށް ކަރެކްޝަންސްއިން އިއްޔެ ވަނީ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ތަފްސީލް - ހައި ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި އިސްތިއުނާފްގެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޕްރިޒަންސް ކުލަބުގެ އެކައުންޓުން 200،000ރ.އަށް ވުރެ ގިނަ ރުފިޔާ އެކި އެކައުންޓުތަކަށް ޖަމާކުރިކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އޭރު ކްލަބްގެ ރައީސަކަށް ވެސް ހުންނެވި އާސިފް ސަސްޕެންޑްކުރީ 7 ނޮވެމްބަރު 2024ގަ އެވެ.

މުސާރަ ލިބޭ ގޮތަށް ސަސްޕެންޝަނުގައި އަށް މަހެއްހާ ދުވަހު ބެހެއްޓުމަށްފަހު، އޭނާ ވަޒީފާއިން ވަކިކުރަނީ 17 ޖުލައި 2025ގަ އެވެ. ކަރެކްޝަންސް އިން އޭރު ބުނީ އޭނާ ވަކިކުރަން ނިންމީ ބަލަން ޖެހޭ ކަންކަން ބަލައި، ވަކިކުރަން ޖެހޭ ކަމަށް ފެނިގެން ކަމަށެވެ.

މައްސަލަ - ޕްރިޒަންސް ކްލަބްގެ ފައިސާއާ ގުޅޭ ހިޔާނާތާ ގުޅިގެން މިދިޔަ އޮގަސްޓު މަހު އެ ތަނުގެ 35 އޮފިސަރަކު ސޮއިކޮށް ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރަށް ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ. އެ ޕެޓިޝަނަށް ދެއްވި ޖަވާބުގައި ޒަރީރު ވިދާޅުވެފައި ވަނީ އާސިފްގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

މައްސަލަ ފެންމަތިވުމާ އެކު އާސިފު ވަނީ ދެ ޓްރާންސެކްޝަނަކުން ކްލަބްގެ އެ އެކައުންޓަށް 70،000ރ. ޖަމާކުރައްވައިފަ އެވެ. 

އާސިފްގެ މައްސަލަ ކޮޅެއްގައި ނުޖެހި ދިގުލައިގެން ދާތީ، މައްސަލަ 'އޮއްބާލަން' އުޅޭ ކަމަށް ބުނެ ބައެއް މުވައްޒަފުން އޭރު ކަންބޮޑުވުން ވެސް ފާޅުކުރި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް