މަރުވި ފުލުހުންގެ ސީނިއާ ސާޖަންޓް އަހްމަދު އާސިފް.

ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ގެއްލުނު ފުލުސް މީހާގެ ހަށިގަނޑު ފެނުނީ މޫދު އަޑިން

ފުލުހުން ބުނި ގޮތުގައި އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ސީނިއާ ސާޖަންޓް އަހްމަދު އާސިފް ވަނީ މަރުވެފައި
1 ގަޑިއިރު ކުރިން
1

ރޭ ދަންވަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި 'ޕޮލިސް ލޯންޗު 57' އިން ގެއްލުނު ފުލުސް އޮފިސަރުގެ ހަށިގަނޑު މޫދު އަޑިން ފެނިއްޖެ އެވެ.

ބުނީ ކީކޭ؟ - ފުލުހުން ބުނީ ސީނިއާ ސާޖަންޓް އަހްމަދު އާސިފް ގެއްލުނުކަން ފުލުހުންގެ ސަމާލުކަމަށް އައުމާ އެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފެށި ކަމަށެވެ.

"އެގޮތުން ހޯދުމުގެ މަސައްކަތުގެ ތެރެއިން އެ ފުލުސް މީހާ މޫދު އަޑިން ވަނީ ފެނިފަ އެވެ. އަދި އޭނާގެ ހަށިގަނޑު މިހާރު ވަނީ އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންގޮސްފަ އެވެ،" ފުލުހުންގެ މީޑިއާއިން ބުނެފައިވެ އެވެ.

ތަފްސީލު - ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި އެތަނަށް ގެންދިޔައިރު ވެސް އޭނާ ވަނީ މަރުވެފަ އެވެ.

ފުލުހުން އަންނަނީ އޭނާގެ އާއިލާއަށާއި އެކުގައި މަސައްކަތް ކުރި މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެ މަސައްކަތުގައި އާންމުންގެ ފަރާތުން ލިބުނު އެހީތެރިކަން ވެސް ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.

އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް (1)

profile-image-placeholder

ސިކުނޑި

44 މިނިޓު ކުރިން
ދޮގެއް ހަދައިފި!

އިތުރު އާޓިކަލް

އިތުރު އާޓިކަލް