އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، މިދިޔަ އަހަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސް މުހައްމަދު މުއިއްޒު އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ. (ފޮޓޯ/ރައީސް އޮފީސް)

އިންޑިއާގެ ވެރިކަމުގައި އެންމެ ގިނަދުވަސްވީ ބޮޑުވަޒީރަކަށް މޯދީ ވުމުން ރައީސް މުއިއްޒުގެ މަރުހަބާ

މޯދީ އިންޑިއާގެ ބޮޑުވަޒީރަކަށް ފުރަތަމަ ވެވަޑައިގަތީ މެއި 2014ގައި. އެ މަގާމުގެ ތިން ވަނަ ދައުރު މިހާރު އަދާކުރައްވަމުން ގެންދަވާއިރު، އެ މަގާމުގައި 4،399 ދުވަސް ވަނީ ހޭދަކުރައްވާފައި

އިންޑިއާގައި މެދުނުކެނޑި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅަކަށް ނަރެންދުރަ މޯދީ ވެވަޑައިގަތުމުން ރައީސް މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ބުނީ ކީކޭ؟ - އެކަން ފާހަގަކޮށް، ރައީސް މުއިއްޒު މޯދީއަށް މަރުހަބާ ވިދާޅުވީ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

"ރާއްޖެއިން އެދެނީ އިހުތިރާމާއި އިސްތިގުލާލީ ހަމަހަމަކަމާއި ހިޔާލު އެއްގޮތް ކަންކަމުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވުން،" އެ ޕޯސްޓުގައި ރައީސް ވިދާޅުވި އެވެ.

އެނގުން މުހިންމު - މޯދީ އިންޑިއާގެ ބޮޑުވަޒީރަކަށް ފުރަތަމަ ވެވަޑައިގަތީ މެއި 2014ގަ އެވެ. އަދި މިހާރު އަދާކުރައްވަމުން އެ ގެންދަވަނީ އެ މަގާމުގެ ތިން ވަނަ ދައުރެވެ.

މީގެ ކުރިން މެދުނުކެނޑި އެންމެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި އިންޑިއާގެ ބޮޑުވަޒީރަކީ ޖަވާހިރުލާލް ނެހެރޫ އެވެ. އެއީ މުޅީ ޖުމްލަ 4،398 ދުވަހުގެ މުއްދަތަކަށެވެ.

މޯދީ ވަނީ މިއަދު އެ މުއްދަތު ކަޑައްތު ކުރައްވައި، ބޮޑުވަޒީރުގެ މަގާމުގައި 4،399 ދުވަސް ހަމަކުރައްވާފަ އެވެ.

ކޮމެންޓް (1)

profile-image-placeholder

ކުރިކީލަ

10 ޖޫން 2026
މޯދީ އެންމެ ގިނަދުވަސްވިއަސް މުއިއްޒު ހިމެނޭނީ ރާއްޖެދުށް އެންމެ ތާކުންތާކު ނުޖެހޭ ރައީސްގެ ގޮތުގައި.

އިތުރު އާޓިކަލް

އިތުރު އާޓިކަލް