މީގެ ކުރިން ހިނގި އެކްސިޑެންޓަކާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ސައިކަލެއް ކޮންޓްރޯލުން ނެއްޓި، މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިއްޖެ

އެ އެކްސިޑެންޓުގައި މަގު ހުރަސްކުރި ދިވެހި ފިރިހެން މީހާއަށް އެކި ވަރުގެ އަނިޔާ ވަނީ ލިބިފައި
1 ގަޑިއިރު ކުރިން

ހުޅުމާލޭގައި ސައިކަލެއް ކޮންޓްރޯލުން ނައްޓާލައި، ކަހާލައިގެން ގޮސް މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

ތަފްސީލު - ފުލުހުންނަށް އެ މައްސަލައިގެ ރިޕޯޓު ލިބުނީ ރޭ 9:26 ހާއިރު އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި، އެ އެކްސިޑެންޓު ހިނގީ ހުޅުމާލެ ފޭސް ދޭއްގެ ހިތިގަސް މަގުން، އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ކަހާލައިގެން ގޮސް، ކަފިހި ހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެންނެވެ.

އެ އެކްސިޑެންޓުގައި މަގު ހުރަސްކުރި މީހާއަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު، ފުލުހުން ބުނީ އޭނާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަނިޔާވީ ދިވެހި ފިރިހެނަކަށެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް