ގދ. ގައްދޫ.

ކުއްލި މަރު

އެން ނަގަން ޑައިވިނަށް ގޮސް އުޅުނު ގައްދޫ މަސްވެރިއަކު މަރުވެއްޖެ

މަރުވެފައިވަނީ އިސްހާގް ރަޝީދު، 44، އޭޝިޔާ/ގައްދޫ؛ އޭނާ ހޯދުމަށް ކުރި މަސައްކަތުން، މޫދު އަޑީގައި އޮއްވާ ފެނިގެން ގައްދުއަށް ވަނީ ގެންގޮސްފައި
58 މިނިޓު ކުރިން

ގދ. ގައްދޫ ކައިރިއަށް އެން ނަގަން ޑައިވިނަށް ގޮސް އުޅުނު މީހަކު މިއަދު މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފުލުހުން ބުނީ މަސްދޯންޏެއްގައި މަހަށް ގޮސް އުޅުނު މީހަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު ރޭ ފަތިހު 5:40 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އޭނާ ހޯދުމަށް ކުރި މަސައްކަތުން، މޫދު އަޑީގައި އޮއްވާ ފެނިގެން މިހާރު ވަނީ ގދ. ގައްދުއަށް ގެންގޮސްފަ އެވެ.

ތަފްސީލް - ފުލުހުން ބުނީ:

  • އެ މީހާ ގައްދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތުދޭ

  • މަރުވެފައިވަނީ އިސްހާގް ރަޝީދު، 44، އޭޝިޔާ/ގައްދޫ

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް