ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި އިބްރާހިމް ރަޝާދު، މއ. އަލިތަރި.

މަރު

ދައުލަތުގެ ހިދުމަތްތެރިޔާ އިބްރާހިމް ރަޝާދު އަވަހާރަވެއްޖެ

އިލެކްޝަންސް ކޮމިޝަންގެ ރައީސް، ކަސްޓަމްސްގެ ޕްރިންސިޕަލް ކަލެކްޓަރު، އަތޮޅުވެރިކަން އަދި އެ ނޫނަސް އިތުރު މަގާމުތައް އަދާކުރެއްވި އިބްރާހިމް ރަޝީދަށް، ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި އިއްޒަތްތެރިއެއްގެ ލަގަބު ވެސް މީގެ ކުރިން ވަނީ އަރުވާފައި
1 ގަޑިއިރު ކުރިން

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި އިބްރާހިމް ރަޝާދު މިއަދު އަވާހަރަވެއްޖެ އެވެ.

ތަފްސީލު - އިބްރާހިމް ރަޝާދު، މއ. އަލިތަރި ހިދުމަތް ކުރެއްވި މުއްދަތުގެ ތެރޭގައި ދިވެހި ދައުލަތުގެ މަތީ މަގާމުތަކެއް ފުރުއްވާފައިވެ އެވެ.

އޭގެ ތެރޭގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް، ކަސްޓަމްސްގެ ޕްރިންސިޕަލް ކަލެކްޓަރު، އަތޮޅުވެރިކަން އަދި އިތުރު މަގާމުތައް ހިމެނެ އެވެ.

އޭނާ ކުރެއްވި ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި އިއްޒަތްތެރިއެއްގެ ލަގަބު މީގެ ކުރިން ވަނީ އަރުވާފަ އެވެ.

އިބްރާހިމް ރަޝާދު އަވަހާރަވުމާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވީ އޭނާއަކީ އެ ވަގުތަކު ދައުލަތުން ހަވާލުކުރެއްވި ކޮންމެ މަސްއޫލިއްޔަތެއް ވެސް މުރާލިކަމާއި ތެދުވެރިކަމާއި ރޭވުންތެރިކަމާ އެކު އަދާކުރެއްވުމުގައި ލާމަސީލު ނަމޫނާއެއް ކަމަށެވެ.

"މީގެ ވިއްސަކަށް އަހަރަށްވުރެ ކުރިން، ޓެކްނޮލޮޖީގެ ވަސީލަތްތައް މިހާރަށްވުރެ މާ މަދު ޒަމާނުގައިވެސް ސަރުކާރުގެ އިދާރީ ހިންގުން ހަލުވިކޮށް ރައްޔިތުންނަށްދޭ ހިދުމަތްތައް ފަސޭހަކުރުމުގައި އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތައް ހާއްސަކޮށް ފާހަގަކުރެވޭ،" ރައީސް ވިދާޅުވި އެވެ.

"އަދި، ދައުލަތަށް ހިދުމަތްކުރެއްވުމުގައި އުސޫލުތަކާއި ހަމަތަައް ހިފެހެއްޓެވުމާއި އަމާނާތްތެރިކަމުގައި ރައްޔިތުންނާއި ވެރިންގެ އިތުބާރު އެމަނިކުފާނު ހޯއްދަވައިފައިވޭ."

އޭނާއަކީ ހިކުމަތްތެރި އަދި ހިންގުންތެރި ޝަހުސިއްޔަތެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ގައުމަށް ގެއްލިގެން އެ ދިޔައީ ބޭނުންތެރި، އަގުހުރި ތަޖުރިބާކާރެއް ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް