ހިތަދޫ މެދު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ އަބްދުﷲ ސޯދިގުގެ ކެމްޕެއިން ނިންމާލުމަށް ބޭއްވި ޖަލްސާގެ ތެރެއިން (ފޮޓޯ/ އެމްޑީޕީ)

އެމްޑީޕީގެ ސޯދިގު ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވައިފި

ސޯދިގު، މިއަދު ބޭއްވި ބައި-އިލެކްޝަން ކާމިޔާބު ކުރެއްވީ ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓު އަދި ކުރީގެ ކައުންސިލަރު އަހްމަދު ސައީދު (ސޮޑާ)އާ ވާދަކުރައްވައިގެން

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާ މެންބަރުކަމުގެ ބައި-އިލެކްޝަން، އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު މިއަދު ކާމިޔާބު ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރަކަށް ހުންނެވި ޕީއެންސީގެ މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް ދައްކަވާފައި ނުވާތީ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ.

ތަފްސީލު - ސޯދިގު، މިއަދު ބޭއްވި ބައި-އިލެކްޝަން ކާމިޔާބު ކުރެއްވީ ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓު އަދި ކުރީގެ ކައުންސިލަރު އަހްމަދު ސައީދު (ސޮޑާ)އާ ވާދަކުރައްވައިގެންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި:

  • ސޯދިގަށް ލިބިވަޑައިގަތީ: 1375

  • ސައީދަށް ލިބިވަޑައިގަތީ: 1313

އެހެންކަމުން ސޯދިގު މި އިންތިހާބު ކާމިޔާބުކުރެއްވީ %51.15 އަގުލަބިއްޔަތުންނެވެ.

ވަކިވަކި ފޮށިތަކުގެ ނަތީޖާ:

މާލެ 1

  • ސައީދު - 212

  • ސޯދިގު - 207

މާލެ 2

  • ސައީދު - 143

  • ސޯދިގު - 244

އައްޑޫ 1

  • ސައީދު - 290

  • ސޯދިގު - 219

އައްޑޫ 2

  • ސައީދު - 202

  • ސޯދިގު - 188

އައްޑޫ 3

  • ސައީދު - 177

  • ސޯދިގު - 164

އައްޑޫ 4

  • ސައީދު - 137

  • ސޯދިގު - 169

އައްޑޫ 5

  • ސައީދު - 152

  • ސޯދިގު - 184

މިއަދު ވޯޓުލުން ކުރިއަށްގެންދަން ނިންމާފައި އޮތީ ހަވީރު 4އާ ހަމައަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ވަގުތު އިތުރުކޮށް، 5 ޖަހަންދެން ވޯޓުލުން ކުރިއަށްގެންގޮސްފަ އެވެ.

އެ އިންތިހާބުގައި ވޯޓުލީ ޖުމްލަ 2،730 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ %66.25 އެވެ.

ފާހަގަކޮށްލެވޭ - އެމްޑީޕީގެ ފަރާތުން އިތުރު ކެންޑިޑޭޓަކު ވާދަނުކުރައްވާތީ ސޯދިގަށް އެ ޓިކެޓު ލިބުނީ ޕްރައިމަރީއަކާ ނުލަ އެވެ.

ބައި-އިލެކްޝަނުގައި ވާދަކުރާ ކެންޑިޑޭޓަކު ހޮވަން ޕީއެންސީން ބޭއްވި ޕްރައިމަރީގައި ސައީދު ވާދަކުރައްވި އެވެ. ނަމަވެސް އެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ގެއްލުނު ސިނާނެވެ.

ސައީދަށް ޓިކެޓު ލިބުނީ ޕްރައިމަރީއަށް ފަހު ބައި-އިލެކްޝަންގައި ވާދަނުކުރައްވަން ސިނާން ނިންމެވުމުންނާއި އިތުރު ޕްރައިމަރީއަށް ބާއްވަން ވަގުތު ނެތުމާ އެކު ޕީއެންސީން އެގޮތަށް ނިންމުމުންނެވެ.

ކޮމެންޓް (1)

ކުރިކީލަ

7 ޖޫން 2026
މަސައްކަތެއްނެތް މިނިސްޓަރަކާއި އެމިނިސްޓުރީގެ ބަޖެޓުގެ 40% އައްޑޫއަށް ބަހައިގެންވެސް "ސޮޑާ" ފުޅިން ވައި ހުސްވެ ، ފުޅިއެއްލާލަން މިޖެހުނީ. ދެން އިވޭނީ މިނިސްޓަރު އިސްތިއުފާފެއްވި އަޑު. އޭގެ 3 މަސްފަހުން އިވޭނީ ފީފާގެ ދިވެހިބޭސް އެޑުވައިޒަރަކަށް މިނިސްޓަރު ފެންވަރުގައި އެބޭޅާ ފޮނުވި ޚަބަރު.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް