ކްރައިމް ސީނެއްގައި ފުލުހެއް ހަރަކާތްތެރިވަނީ: ފުލުހުންނަށް ގޭންގުތަކުން ހަމަލާދޭ މައްސަލަތައް މިފަހުން ވަނީ އިތުރުވެފައި (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ޖިންސީ ގޯނާ

ފުލުހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

ތުހުމަތު ކުރެވޭ ފުލުސް އޮފިސަރާ ގުޅޭ އިދާރާ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އަންނަނީ ބަލަމުން
1 ގަޑިއިރު ކުރިން

ފުލުހަކު، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަން ފަށައިފި އެވެ.

ތަފްސީލު - ފުލުހުން ބުނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މި މަހު 1ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

"މި މައްސަލައިގައި ތުހުމަތު ކުރެވެނީ ފުލުހެއްގެ މައްޗަށެވެ،" ފުލުހުންގެ މީޑިއާއިން ބުނެފައިވެ އެވެ.

އެ މައްސަލައިގެ ޖިނާއީ ތަހުގީގު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން ވަނީ ފަށާފަ އެވެ.

އެކަން ކުރަމުން އަންނައިރު، ތުހުމަތު ކުރެވޭ ފުލުސް އޮފިސަރާ ގުޅޭ އިދާރާ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އަންނަނީ ބަލަމުންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް