ރައީސް މުހައްމަދު މުއިއްޒު (ފޮޓޯ/ ރައީސް އޮފީސް)

ގްރީން ފަންޑް

ތިމާވެށި ހިމާޔަތްކުރަން ގްރީން ފަންޑުން ކޮންމެ އަހަރަކު 7 މިލިއަން ހަރަދުކުރަނީ

އެ ފައިސާ ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ އިތުރުން ޖަމިއްޔާތަކާއި ސްކޫލްތަކުގެ ތިމާވެށި ކްލަބްތަކާ ގުޅިގެން ޕްރޮގްރާމްތައް ހިންގުމަށް ވެސް ހަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި
1 ގަޑިއިރު ކުރިން

ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ ގްރީން ފަންޑުން ހަރަދު ކުރުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ވީކިހިނެއް؟ - އެ މަނިކުފާނު މިކަން ހާމަކުރެއްވީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތޯބުގަ އެވެ.

ތަފްސީލް - އެ ހިޠޯބުގައި ރައީސް ވިދާޅުވީ، މިއަދަކީ ވަށައިގެންވާ ތިމާވެށްޓާ މެދު ފުންކޮށް ވިސްނައި މި ނާޒުކު ތިމާވެށި ހިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށް، އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ އަޒުމު ވަރުގަދަ ކުރަންވީ ދުވަސް ކަމަށެވެ.

ތިމާވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ، ލިބޭ ގެއްލުންތައް ކުޑަކޮށް، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި ޒަމާނުއްސުރެ އޮތް އެންމެ ބޮޑު ހުރަހަކީ، އެކަށީގެންވާ މިންވަރަށް މާލީ ވަސީލަތްތައް ނުލިބުންކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

އެހެންކަމުން، އެ މަސައްކަތަށް ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ، ގްރީން ފަންޑުން ހަރަދުކުރުމަށް ނިންމަވާފައިވާކަން ރައީސް މުއިއްޒު ހާމަކުރެއްވި އެވެ.

މި ފައިސާ މައިގަނޑު ގޮތެއްގައި ހަރަދުކުރާނީ:

  • ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި އެ ސަރަހައްދުތަކުގެ ދިރުންތައް ބެލެހެއްޓުމަށް

  • މިފަދަ ތަންތަނަށް ބޭނުންވާ މަރާމާތުގެ މަސައްކަތްތަކަށާއި މޮނިޓާކުރުމުގެ މަސައްކަތްތަކަށް

  • ކޮންސަވޭޝަން މަސައްކަތުގެ ތެރެއިން މަންފާ ހޯދޭނެ މަގުތައް ފަހިކުރުމަށް

  • ތިމާވެށީގެ ދިރާސާތައް ކުރުމަށާއި މައުލޫމާތު އާންމުކުރުމަށާއި މި ދާއިރާގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް

  • މި ދާއިރާގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތަކާއި ސްކޫލުތަކުގެ ތިމާވެށި ކްލަބުތަކާ ގުޅިގެން، ޕުރޮގުރާމުތައް ހިންގައި ވީހާ ވެސް ގިނަ ބައެއްގެ ބައިވެރިވުން ހޯދުމަށް

މި ބަދަލާ އެކު، ރައީސް ވިދާޅުވި ގޮތުގައި، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިތުރަށް ހަރުދަނާވާނެ އެވެ. އަދި ދުރު ރާސްތާގެ މަޝްރޫއުތައް އެކުލަވާލައި ތަންފީޒުކުރުމަށް މަގު ފަހިވެގެންދާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް