މާރުކެޓް ސަރަހައްދުގައި ބިދޭސީން ހިންހަމަ ޖައްސާލަން މަޑުކޮއްލައިގެން(ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އަނބިމީހާ ކޮޓަރީގައި ބަންދުކޮށް ހަށިވިއްކުވާ ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރަށް

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މުހައްމަދު ނަހީދުލް އިސްލާމް، 30؛ އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް އިއްޔެ ވަނީ ޖަހާފައި
1 ގަޑިއިރު ކުރިން

އަނބިމީހާ ކޮޓަރިއެއްގައި ބަންދުކޮށް އޭނާގެ ނުރުހުމުގައި ހަށިވިއްކުވާ ކަމުގެ ތުހުމަތުގައި ބަގްލަދޭޝް މީހަކު ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މުހައްމަދު ނަހީދުލް އިސްލާމް، 30، އެވެ. އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހަން އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިއުމުން 10 ދުވަހުގެ މުއްދަތެއް ވަނީ ޖަހާފަ އެވެ. 

ތަފްސީލް - އޭނާގެ ބަންދު އަމުރުގައިވާ ގޮތުން، އޭނާ ހައްޔަރުކޮށްފައިވަނީ މީހުން ޓްރެފިކް ކުރުމުގެ ކުށުގަ އެވެ. މި ކުށް އޭނާ ކުރިކަމުގެ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށް ބަންދު އަމުރުގައިވެ އެވެ.

ފުލުހުން ކޯޓުގައި ބުނެފައިވަނީ، އޭނާގެ އަނބިމީހާ ކޮޓަރިއެއްގައި ބަންދުކޮށްފައި ބަހައްޓައިގެން ހަށިވިއްކުމުގެ ކަންކަން ކުރުވާކަމަށް ފުލުހުންނަށް މައުލޫމާތުދީފައިވަނީ އެ އަންހެންމީހާ ކަމަށެވެ. އެގޮތުން، އަނިޔާ ލިބުނު މީހާއާ ގުޅޭ ލިޔެކިއުންތައް ވެސް ފުލުހުން ކޯޓަށް ހުށަހަޅާފައިވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް