ސުޕްރީމް ކޯޓް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ސުޕްރީމް ކޯޓު

ވޭވަށު ކައުންސިލް ގޮނޑިއެއް ޕީއެންސީއަށް ކާމިޔާބުވާ ގޮތަށް ހުކުމްކުރި މައްސަލަ ސުޕްރީމް ކޯޓުން ބަލަނީ

މ. ވޭވަށު ކައުންސިލްގެ ގޮނޑިއަކަށް އެމްޑީޕީގެ ކެންޑިޑޭޓު ކާމިޔާބުކުރަނީ ދެ ވޯޓުގެ ފަރަގަކުން؛ އެމްޑީޕީއަށް ލިބުނު ތިން ވޯޓެއް ހައި ކޯޓުން ބާތިލްކޮށް ޕީއެންސީއަށް އެ ގޮނޑި ލިބޭ ގޮތަށް ވަނީ ހުކުމްކޮށްފައި

ނިމިދިޔަ ކައުންސިލް އިންތިހާބުގެ މ. ވޭވަށު ކައުންސިލް މެންބަރު ގޮނޑިއަށް ވޯޓުލީ ތިން ކަރުދާހެއްގައި ތިިކިތަކެއް ހުރުމުން އެ ތިން ވޯޓު ކަރުދާސް ބާތިލްކޮށް ޕީއެންސީއަށް ކާމިޔާބުވާ ގޮތަށް ހައި ކޯޓުން ކުރި ހުކުމެއްގެ އިސްތިއުނާފް ސުޕްރީމް ކޯޓުން ބަލައިގެންފި އެވެ.

ވީކިހިނެއް؟ - ތިކިތަކެއް ހުރި ތިން ވޯޓު ކަރުދާހަކީ އެމްޑީޕީގެ ކެންޑިޑޭޓް އަހުސަން ނައީމަށް ލިބިފައިވާ ތިން ވޯޓެކެވެ. އެ ތިން ވޯޓު ހިމެނޭ ގޮތަށް އެ އިންތިހާބުގެ ނަތީޖާއަކީ:

  • އެމްޑީޕީގެ ކެންޑިޑޭޓް އަހުސަނަށް 121 ވޯޓު

  • ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހަށް 119 ވޯޓު

ތަފްސީލް - އަހުސަނަށް ލިބުނު ތިން ވޯޓު ކަރުދާހެއްގައި ތިކިތަކެއް ހުރިކަން ފާހަގަކޮށް ހައި ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ހުކުމްކޮށްފައިވަނީ ތިން ވޯޓު ކަރުދާސް ބާތިލްވާ ކަމަށެވެ. އެއާ އެކު ނަތީޖާ ބަދަލުވަނީ:

  • ޕީއެންސީގެ ކެންޑިޑޭޓު ނަޒީހަށް 119 ވޯޓު

  • އެމްޑީޕީގެ ކެންޑިޑޭޓު އަހުސަނަށް 118 ވޯޓު

ހައި ކޯޓުން ކުރި މި ހުކުމް އަހުސަންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި އެވެ. ސުޕްރީމް ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި އެ މައްސަލަ އެ ކޯޓުން މިހާރު ވަނީ ބަލައިގެންފަ އެވެ.

އެނގުން މުހިންމު - ހައި ކޯޓުން ތިން ވޯޓު ކަރުދާސް ބާތިލްވާ ގޮތަށް ހުކުމްކުރަނީ، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު މުހައްމަދު ޝަނީޒު އަބްދުﷲ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމްގެ އަގުލަބިއްޔަތުންނެވެ.

ރައުޔު ތަފާތުވި ފަނޑިޔާރަކީ އިބްރާހީމް މާހިރެވެ. އޭނާގެ ރައުޔަކީ ތިކިތައް ބެލެވެނީ ފާހަގަލުމުގެ ތެރެއިން ދެލި ބުރައިގެން ޖެހިފައި ހުރި ތިކިތަކެއް ކަމާއި ވޯޓުގެ ސިއްރުކަން އެ ތިކިތަކުގެ ސަބަބުން ގެެއްލޭ ކަމަށް ނުބެލެވޭ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް