ދަމަނަވެށި؛ މިތަނުގައި 35ވަރަކަށް މުވައްޒަފުން މަސައްކަތްކުރޭ
ދަމަނަވެށީގެ ހިދުމަތްތައް މާފަންނު އާބަން ޕްރައިމަރީ ހެލްތު ސެންޓަރަށް ބަދަލުކޮށްފި
އާންމު ސިއްހަތާއި ރައްކާތެރިކަމަށް ހާއްސަ ހިދުމަތްތައް ފޯރުކޮށްދޭ ދަމަނަވެށީގެ ހިދުމަތްތައް މާފަންނުގައި ހުންނަ އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރަށް މިއަދު ބަދަލުކޮށްފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ މަހުގެ 21ވަަނަ ދުވަހުން ފެށިގެން ދަމަނަވެށި ވަނީ ބަންދުކޮށްފަ އެވެ. އެޔަށްފަހު، އެތަނުގައި މަސައްކަތްކުރާ 35 މުވައްޒަފުން މާލެ އާއި ހުޅުމާލޭގެ ބައެއް ކްލިނިކުތަކަށް ބަދަލުކުރި އެވެ.
އެނގިފައިވާ ގޮތުގައި ދަމަނަވެށި ބަންދުކުރީ، އެތަނާއި އިންވެގެން ހުންނަ ކުރީގެ ތެލްސީމިއާ ސެންޓަރާއި ދަމަނަވެށި އެއްކޮށްލައިގެން ސިއްހީ ހިދުމަތް ދޭނެ އެހެން މަރުކަޒެއް ހަދާށެވެ.
އިތުރަށް ކިޔާލަން
ތަފްސީލް - އައިޖީއެމްއެޗުން މިއަދު ބުނީ، ދަމަނަވެށީގެ ހިދުމަތްތައް މިއަދުން ފެށިގެން ދެމުންދާނީ ރަސްފަންނު ކުރިމަތީގައި ހަދާފައިވާ އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރުން ކަމަށެވެ.
ދަމަނަވެށިން ދެމުން އައި ހިދުމަތްތައް އެތަނަށް ބަދަލުކުރީ ވަގުތީގޮތުން ކަމަށް ބުންޏެވެ. އެއީ، ދަމަނަވެށީގެ އިމާރާތުގައި މަރާމާތު މަސައްކަތެއް ކުރިއަށްދާތީ ކަމަށް ވެސް ބުންޏެވެ.
ދަމަނަވެއްޓަކީ، ވެކްސިން ޖެހުމާއި ކުދިންގެ ބަރުދަން ބެލުން ފަދަ ކަންކަމުގައި ގިނަ ބަޔަކު ކޮންމެ ދުވަހަކު ވެސް ހިދުމަތް ހޯދާ ތަނެކެވެ. އާއިލާ ރޭވުމާ ގުޅޭ ލަފާދިނުމާއި ކައުންސިލިންނާއި ނަފްސާނީ އެހީތެރިކަމުގެ ހިދުމަތް ވެސް އެތަނުން ދެ އެވެ.