މާފަންނު ސްޓޭޑިއަމްގައި އީދު ނަމާދަށް ފަހު މީހުން އުފާފާޅު ކުރަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ނަމާދު ވަގުތަށް ކުޅިވަރު މެދުކަނޑާލަން ޖެހޭ ގޮތް ހަދަނީ

ރައީސް ވިދާޅުވީ ނަމާދު ވަގުތަށް ކުޅިވަރު މެދުކަނޑާލުމަށް ފަހު ކުޅިވަރު ކުޅޭ ތަނެއްގެ ތެރޭގައި އެ ވަގުތު ނަމާދުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް

ކުޅިވަރު ކުޅުމަށް ހަދާފައި ހުންނަ ސަރުކާރުގެ ކުޅިވަރު އިމާރާތްތަކާއި ތަންތަނުގައި ނަމާދު ވަގުތަށް ކުޅިވަރުތައް މެދުކަނޑާލަން ޖެހޭ ގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް މުއިއްޒު މިކަން ހާމަކުރެއްވީ، ރައީސް އޮފީހުގައި މިހާރު ބާއްވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. ރައީސް ވިދާޅުވީ ނަމާދު ވަގުތަށް ކުޅިވަރު މެދުކަނޑާލުމަށް ފަހު އެ ވަގުތު ނަމާދުކުރެވޭ ގޮތް އެތަނުގެ ތެރޭގައި ހަމަޖައްސަން ވެސް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ބުނީ ކީކޭ؟ - ރައީސް ވިދާޅުވި ގޮތުގައި، ނަމާދު ވަގުތު ނިމިގެންދާއިރު ވެސް ކުޅިވަރުގެ މައިދާނުގައި ތިބުން އާންމުވެފައިވެ އެވެ. އެ މަނިކުފާނު ވިދާޅުވީ ކުޅިވަރު އެކުވެނި އަދި މާފަންނު ސްޓޭޑިއަމްގައި ވެސް މިހާރު ނަމާދު ކުރެވޭ ގޮތަށް އިންތިޒާމުތަކެއް ނުހުންނަ ކަމަށެވެ.

ރައީސް މުއިއްޒު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

އެހެންކަމުން، ކުޅިވަރު ކުޅެން ތިއްބައި ނަމާދު ވަގުތު ޖެހިއްޖެ ނަމަ، ކުޅިވަރު މެދުކަނޑާލުމަށް ފަހު އެތަނެއްގެ ތެރޭގައި ނަމާދު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ކަންކަމާ މެދު މަޝްވަރާތަކެއް ކުރެވި ތަންފީޒުކުރުމާ ހަމައަށް އާދެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ކުރިއަށް އޮތް ތަނުގައި ސަަރުކާރުން އަޅައި ކުޅިވަރު އިމާރާތްތަކުގައި ވެސް އެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުން މިހާރު މަޝްވަރާކުރެވިފައިވަނީ:

  • ކުޅިވަރު ކުޅޭ ތަންތަނުގައި ކުޅިވަރު ކުޅެން ހުރެފައި ނަމާދު ގަޑި ގެެއްލުނަނުދިނުމަށްޓަކައި ގޮސް ނަމާދުކުރެވޭ ގޮތަށް ހަމަޖެއްސުން

  • ބަންގި ގޮވާ ގަޑިން ފެށިގެން ކަނޑައެޅޭ ވަކި ވަގުތުކޮޅެއް ވަންދެން ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލަންޖެހޭ ގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން؛ އެއީ 20 މިނެޓަށް ވިޔަސް

  • ކުރިއަށް އޮތް ދުވަސްތަކުގައި މިކަންކަން ތަންފީޒުކުރެވޭނެ

ކޮމެންޓް (4)

ޒުއީމު

2 ޖޫން 2026
ގަލޮޅުދަނޑުގަ މިސްކިތެއް އަޅަންވާނެނުން Hurihaa ސަޕޯޓަރުންނަށް އެރޭވަރަށް
1 0

ކޮމޮޑަސް

1 ޖޫން 2026
މި ދަރަޖައަށް ބޯގަޅިނުވަމާތޯއެވެ. ނަމާދަކީ، ނަމާދު ކުރަން ބޭނުންވާ މީހަކު، ނަމާދުގެ ކަނޑައެޅިފައިވާ ވަގުތުގެ ތެރިއިން - ވަގުތު ހޯދައިގެން ކުރާކަމެކެވެ. އެކަމަކާ މުއިއްޒަކާ، ހަސަނަކާއި އަދި ކާސިމަކާ ކީއްހެއްޔެވެ؟ ސިޔާސީ މަގުބޫލުކަން ހޯދަން ރައްޔިތުންގެ ޒާތީ ކަންކަމުގެ ތެރެއަށް އަތްފައި ނުބާނާށެވެ.
2 0

އަލީ.

1 ޖޫން 2026
ރަގަޅު ކަމެއް، އެކަމަކު ކުޅެކުޅެ ތިބެފަ ހަޑި މުޑުދާރު ކޮށް ނަމާދަށް އެރުން ރަގަޅުތޯ. ނޫނީ ގަލޯނަމާދު ކޮށްލުން ކިހިނެއް ވާނެތޯ.
1 1

ސިކުނޑި

1 ޖޫން 2026
އާދޭސްކޮށްފައި ދަންނަވަން ރައީސްދެން ނޫސްވެރިންގެ ބައްދަލުވުންތައް ހުއްޓާލައްވާ! ރައްޔިތަކަށް ގައުމަށް ތިޔަކުން ލިބޭ އެއްވެސް މައުލޫމާތެއް ތަސައްލީއެއް މަންފާއެއް ނެތް! ނުވިތާކަށް އަނގަ ގޮއްވަން ބޭކާރުވާހަކަ ދައްކަނީ! އަގީދާއަކީ ގާނޫނަކުން އުސޫލަކުން ލައިދެވޭ އެއްޗެއް ނޫންކަން އެންމެ ރަނގަޅަށް އިނގޭނީ ރައީސަށް! އެހެންނަމަކަ މިއަދު ރައްޔިތުން މަގުމަތީގައި ސޯފާ ދަމާކަށް ނުޖެހުނީސް!!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް