މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތުގައި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް. (ފޮޓޯ/ މަޖިލިސް)

ނާޒިމް ތުހުމަތުތައް ދޮގުކުރައްވައި މަޖިލީހުގެ ނައިބު ރައީސްކަމުން އިސްތިއުފާދެއްވައިފި

މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ނާޒިމް ވިދާޅުވީ ދައުލަތުގައި ގާނޫނުގެ ވެރިކަން ނަގަހައްޓާ، ރައްޔިތުންނަށް އުފާވެރި ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށް މަސައްކަތް ކުރުމުގައި ދެމިހުންނަވާނެ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމަށް ވެރިކަން ކުރާ އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީން ހުށަހަޅާފައިވާ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަށަން ވަގުތު ކުޑަތަންވެފައި ވަނިކޮށް، ނާޒިމް އެ ތުހުމަތުތައް ދޮގުކުރައްވައި އެ މަގާމުން އިސްތިއުފާދެއްވައިފި އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް އިސްތިއުފާ ދެއްވީ، އޭނާ އެ މަގާމުން ވަކިކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށެވެ. ޕީއެންސީއަށް ސުޕަ މެޖޯރިޓި އޮތް މަޖިލީހުން ނަގާ ވޯޓުގައި ނާޒިމް ވަކިކުރަން އޮތީ ނިންމާފަ އެވެ.

ނާޒިމް ނިސްބަތްވެވަޑައިގަންނަވާ، ވެރިކަންކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން އޭނާއަށް އިތުބާރު ނެތް ކަމަށް ނިންމައި އޭނާ މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅީ މި މަހު 13ގައި ބޭއްވި ބައްދަލުވުމުގަ އެވެ.

ޕީއެންސީން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ، މަޖިލީހުގައި ފިތުނަ އުފައްދައި މަސްލަހަތު ގެއްލުވާލުމަށް އޭނާ ތަކުރާރުކޮށް މަސައްކަތްކުރައްވާފައިވާ ކަމަށެވެ.

 ގަރާރުގައި ބުނީ އިތުބާރު ނެތް ކަމަށް ހުށަހަޅަނީ:

  • އެ މަނިކުފާނުގެ މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި ފިތުނަ އުފައްދައި ވަކި ފަރަތާކަށް ބުރަވެ، މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރުކޮށް މަސައްކަތް ކުރައްވާތީ

  • މަޖިލީހުގެ އެންެމެހާ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެފައިވުމުގެ އިތުރުން މަޖިލީހުގެ މަސްލަހަތު ގެއްލުވާލަން ހިތްވަރުދީ ޒިންމާއިން ބަރީއަވެފައިވާތީ 

  • މަޖިލީހުގެ ނައިބު ރައީސްގެ މަގާމުުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި އަތަކަށް ޖެހިފައިވާކަން ސާފުވާން އެނގެން އޮތުމުން

  • އެންމެހާ މެމްބަރުންގެ ހައްގުތަކާއި އިމްތިޔާޒްތައް ހިމާޔަތްކޮށްދިނުމުގައި ފުޅާ ދާއިރާއެއްގައި އިހުމާލުވެފައިވާކަން ސާފުވާތީ 

  • ގާނޫނުއަސާސީން މެމްބަރުންނާ މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމުގައި ނައިބު ރައީސް ހުރަހަކަށް ވެފައިވާތީ

ބުނީ ކީކޭ؟ - ނާޒިމް މިއަދު ނެރުއްވި ނޫސްބަޔާނުގައި މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އޭނާ ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގައި ކޮށްފައިވާ ތުހުމަތުތައް ވަނީ ދޮގުކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ އެ ތުހުމަތުތައް ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް އެ ގަރާރުގައި ބަޔާންކޮށްފައި ނެތް ކަމަށެވެ.

މަޖިލީހުގެ ނައިބު ރައީސް ނުވަތަ މެމްބަރެއްގެ ހައިސިއްޔަތުން ވިޔަސް އޭނާ ކޮށްފައިވާ ނުވަތަ ނުކުރާ ކަމަކާ ގުޅިގެން އެއްވެސް މެމްބަރަކު ނުވަތަ އެހެން ވެސް ފަރާތަކުން ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހިލާފުވެއްޖެ ކަމުގެ ޝަކުވާއެއް ވެސް އުފުލާފައި ނުވާކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ އެ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ.

އެ ބަޔާނުގައި ނާޒިމް ފާހަގަކުރެއްވި އިތުރު ކަންތައްތަކަކީ:

  • އެއްވެސް މެމްބަރެއްގެ ވާޖިބު ނުވަތަ މަސްއޫލިއްޔަތު އަދާކުރަން ހުރަސްއަޅާފައި ނުވާނެ ކަމަށް

  • މެމްބަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރަން ގާނޫނުތަކާއި ގަވާއިދުތަކުން ތަންދޭ އެންމެ ފުޅާމިނެއްގައި ކަންކަން ފަހިކޮށްދެއްވި ކަމަށް

  • މެމްބަރުންގެ މެދުގައި މަސްލަހަތު ގެއްލޭނެ ކަމެއް ނުކުރައްވާ ކަމަށް

  • މަގާމުގެ ނުފޫޒު ބޭނުން ނުކުރައްވާ ކަމަށާއި މަގާމުގެ ނާޖާއިޒު ފައިދާ ނުނަންގަވާ ކަމަށް

ނާޒިމް ވިދާޅުވީ އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރެއްވީ ގާނޫނީ ހަމަތަކުގެ މަތިން މެމްބަރުންގެ މެދުގައި އެއްވެސް ތަފާތު ކުރުމެއް ނެތި، ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ކަމަށެވެ. އަދި ވަކި ސިޔާސީ ފިކުރަކަށް ތަބާވެ، އެއްވެސް ކަމެއް ގާނޫނާ ގަވާއިދާ ހިލާފަށް ނުކުރައްވާ ކަމަށް ވެސް އެ ބަޔާނުގައި އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

"ކަން މިހެން ހުރުމާ އެކު ވެސް ވެރިކަން ކުރާ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ހުރިހާ މެމްބަރުން ސޮއިކުރައްވައި، މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން އަޅުގަނޑު ވަކިކުރުމަށް ހުށަހަޅުއްވާފައި ވުމުން އޭގައިވާ ސަބަބުތަކަކީ ތެދު ހަގީގަތްކަމުގައި ނުވި ނަމަވެސް، އިންތިހާބީ މަގާމަކަށް ވޯޓުލީ އެންމެންހެން އެ މަގާމުން އެ މީހަކު ދުރުވުމަށް އެދެމުން އެކަމަށް އިޖާބަ ދިނުމަކީ ޑިމޮކްރެސީގެ ހަމަތަކުގެ މަތިން ތަހުޒީބީ ގޮތެއް ކަމުގައި ދެކެމެވެ،" ނާޒިމްގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

"ވުމާ އެކު އަޅުގަނޑާ މެދު ކުރައްވާފައިވާ އެންމެހާ ތުހުމަތުތަކަށް އެއްވެސް އިސްތިސްނާއެއް ނެތި އިންކާރު ކުރަމުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން މި ވަގުތުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފީމެވެ."

މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ނާޒިމް ވިދާޅުވީ ދައުލަތުގައި ގާނޫނުގެ ވެރިކަން ނަގަހައްޓާ، ރައްޔިތުންނަށް އުފާވެރި ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށް މަސައްކަތް ކުރުމުގައި ދެމިހުންނަވާނެ ކަމަށެވެ.

ކޮމެންޓް (7)

ަިސިކުނޑި

31 މޭ 2026
ނާޒިމަކީ ރަނގަޅު މީހެއްނޫން އެކަމަކު އެ ނިންމީ ރަނގަޅު ނިންމުމެއް! ރައީސްވެސް މިއުސޫލުން ކަން ކުރައްވާނަމަ ކިހާ ރަނގަޅުވީސް! ވެރިކަމަށް ގެންނަން ވޯޓު ލީ މީހުންނަށްވުރެ ގިނަ މީހުން ނޫނެކޭ ބުނީމާ އަސްލު އިސްތިއުފާ ދެއްވަންޖެހޭނެ!
2 0

ތެފައާސާ.

31 މޭ 2026
" ނެތުނީހޭ މިއަދު ބޭނުން، އެކު ލޯބިން ޕްޔާރް އުޅެފައި، މިކުރާ ހިތާމަ ތަކުގައި، ދެކިލަން ނުވެސް އައީހޭ " - ޖަމީލާ ޙަސަން
4 0

ޕޕޕޕޕޕޕ

31 މޭ 2026
ސަންގަޕޫރުގަ އުޅޭ ރާއްޖޭގެ ޑީޕް ސްޓޭޓަށް ކޯއްޗެއް ވިއްކަންތޯ އެއްބަސްވި ބަލާބަލަ ރައީސް މީހަ ދަތުރުގައި.
1 0

12365

31 މޭ 2026
ނާޒިމްގެ އަޑި ކަނޑަށްވުރެ ފުންވާނެ އަނދިރި ވާނެ. ފެށުނީ ނަމީރާއިން. ރާއްޖޭގެ ނޫސްވެރިކަން އޮންނަމަ މަޖިލީހުގަޔާ ސަރުކާޜުގެ 60% ދާނެ.
0 0

ބލވރކނ

31 މޭ 2026
އަތޮޅު ކައުންސިލްތައ ްއުވާލުމުގެ މޭސްތިރި ބޭރުމީހުންނަށް ރާއްޖޭގެ ބިން ވިއްކުމުގެ މޭސްތިރި މާލެ ތޮއްޖެސުމުގެ މޭސްތިރެި ފަރަންޖީންނަށ ގާނޫނު އަސާސީއާ ޚިލާފަށް ރާއްޖޭގައި ވަޒަންވެރިކުރުމުގެ މޭސްތިރި. މި ނޫސްވެރިން ހިތައް ނާރާ ކަހާތަން ހިރުވާލާއޭވެސް ރެސިޑެންްސީއޭ ކިޔާ ރާއްޖެ މިލްކު ކޮށްދޭން އުޅޭއިރު. މިސަރަހައްދުގެ އއްވެސް ގައުމެއްގައި ކުރާ ކަމެއްނޫން. ރާއްޖެ ވިއްކާއިރު ދެކަން ހުޅި ފިރުމަން ތިޔަ ތިބެނީ
0 0

ކޮސް

31 މޭ 2026
@ބލވރކނ ޤައުމު ރައީސް އިސްތިއުފާ ދެއްވިނަމަ ކިހާ ރަނގަޅުވީސް . .....
0 0

ކުރިކީލަ

31 މޭ 2026
ލަނޑު ލިބޭނީ މުއިއްޒަށް..... ހެއްހެއް. ބާރަށު ފލ ހެޕީ...
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް