ޑްރޯންއެއްގެ އެހީގައި މާފުށީ ޖަލަށް އެތެރެކުރަން އުޅެނިކޮށް މިދިޔަ އާދީއްތަ ދުވަހު އަތުލައިގަތް މަސްތުވާތަކެތި. (ފޮޓޯ/ފުލުހުން)

ޑްރޯނެއްގައި މާފުށި ޖަލަށް ވައްދަން އުޅުނު ޑްރަގް އަތުލައިގެންފި

އެ އޮޕަރޭޝަންގައި މަސްތުވާތަކެތި ކަމަށް އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓު ވަނީ އަތުލައިގެންފައި. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ ގާތްގަނޑަކަށް 400 ގުރާމު

ޑްރޯންއެއްގެ އެހީގައި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ވީ ކިހިނެއް؟ - އެތަކެތި އަތުލައިގަތީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ދަންވަރު 12:45 ހާއިރު ހިންގި އޮޕަރޭޝަނެއްގަ އެވެ.

ތަފްސީލު - ފުލުހުން މިއަދު ބުނީ އެ އޮޕަރޭޝަންގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެތަކެތީގެ ވަގުތީ ބަރުދަނަކީ 395.92 ގުރާމެވެ.

މާފުށި ޕޮލިސް ސްޓޭޝަނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ޑްރަގްސް އަތުލައިގަތް ނަމަވެސް އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް (1)

ވަރުހެސަ2026

27 މޭ 2026
ކޮބާތޯ މައްސަލައެއް؟؟؟؟ ދިވެހިރާއްޖެއަކީ ދެވަނަ މެކްސިކޯއަށް ވެފަ މިއޮތީ.. ވެރިކަމުގެ މަސްތުގަ ގައުމު ވިއްކާލައިފި.. އަމިއްލަ އެދުމުން ގައުމުގެ މުސްތަގުބަލު ބަނަކޮށްލައިފި.. ހިތާމައަކީ މިކަމާ ދެކޮޅަށް ތެދުވާނެ ބަޔަކު ނެތީމަ.. ދިވެހީންގެ ރާއްޖެ ކިޔާފަ، ފޮނިވެފަ ތިބޭ ބަޔަކުވެސް އެބަތިބޭ... މަޖިލިސް ހިސޯރު ކޮށްފަ އޮތީ ތަނެއް ދޮރެއް ނުދަންނަ ބަޔަކު.. ސިޔާސީ ޕާރޓީތައްވެސް ހަމަ އެފަދަ.. މިނިވަން މުއައްސަސާތައް މުސާރައިގެ މަސްތުގަ ޖެހިފަ..
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް