ވިއްސާރަ ދުވަހެއްގައި ރަށެއްގައި ފެންބޮޑުވެފައި

މޫސުން

ކުރިއަށް އޮތް 5 ދުވަހު މުޅި ރާއްޖެއަށް ވިއްސާރަ؛ ބޮޑަށް މޫސުން ގޯސްވާނީ އުތުރަށް

މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރަނީ އަންނަ ބުދަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް މެދުރާއްޖެތެރެ އާއި އުތުރަށް މޫސުން ގޯސްކޮށް އުޅުނަސް ދެކުނަށް ރަނގަޅުވާނެ ކަމަށް

ކުރިއަށް އޮތް ފަސް ދުވަހު މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށާއި ބޮޑަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވެނީ އުތުރާއި މެދުރާއްޖެތެރެއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ބުނެފި އެވެ.

ތަފްސީލް - ކުރިއަށް އޮތް ފަސް ދުވަހުގެ މޫސުން ލަފާކުރާ ގޮތާ ގުޅޭ ގޮތުން މެޓުން މިއަދު 'ދައުރު'އަށް ބުނި ގޮތުގައި، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހުމާ އެކު ގުގުރުން އެކަށީގެންވެ އެވެ. އެގޮތުން:

  • ކުރިއަށް އޮތް ބުދަ އަދި ބުރާސްފަތި ދުވަހު އުތުރާއި މެދުރާއްޖެތެރެއަށް ގުގުރުމާ އެކު ވިއްސާރަކުރާނެ؛ ހުކުރާއި ހޮނިހިރު ވެސް އުތުރަށް މޫސުން ގޯސްވާނެ

  • މި ދުވަސްތަކުގައި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރި ނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅު

  • ކުރިއަށް އޮތް ދުވަސްތަކުގައި ވައިގަދަކޮށް ވެސް އުޅެނީ އުތުރަށް

ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު ވެސް އުތުރާއި މެދުރާއްޖެތެރެއަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވެ އެވެ. އެހެންކަމުން، ޖުމްލަ ގޮތެއްގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރި އެވެ. 

މެޓުން ބުނި ގޮތުގައި:

  • ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ؛ ވިލާގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ

  • ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ

  • ރާޅުގެ އުސްމިން އުޅޭނީ 4 ފޫޓައި 6 ފޫޓުގައި

މިއަދުގެ މޫސުން

މިއަދު ވެސް ރާއްޖޭގެ ބައެއް ހިސާބުތަކަށް މޫސުން ގޯހެވެ. އެގޮތުން:

  • ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، ބ. އަތޮޅުން ފެށިގެން މ. އަތޮޅަށް މިއަދު މެންދުރުފަހު 3 އިން މިރޭ 9 ޖެހުމާ ހަމައަށް ހުދު ސަމާލު ވަނީ ނެރެފައި

  • ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ވެސް މިއަދު މެންދުރު 12 އިން އިރުއޮއްސި 6 ޖެހުމާ ހަމައަށް ހުދު ސަމާލު ވަނީ ނެރެފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް