ސްޕާކްހަބުން މެލޭޝިއާގައި ކުރިއަށްގެންދާ 'ލީން ސްޓާޓަޕް ލެބް' ބޫޓްކޭމްޕުގެ ތެރެއިން. (ފޮޓޯ/ސްޕާކްހަބް)

ރާއްޖެ-މެލޭޝިއާ

ސްޕާކްހަބުން މެލޭޝިއާގައި ކިޔަވާ ދިވެހިންނަށް ލީން ސްޓާޓަޕް ބާއްވައިފި

މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް ވަނީ އަމަލީ ގޮތުން ވިޔަފާރީގެ މައިދާނުގައި ދިމާވާ ގޮންޖެހުންތަކާއި ކަސްޓަމަރުންގެ ބޭނުންތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދާނެ ގޮތްތައް ތަޖުރިބާކުރުމުގެ ފުރުސަތު ދީފައި
25 މޭ 2026

ރާއްޖޭގެ ސްޕާކްހަބުން މެލޭޝިޔާގެ ހަތަރު ޔުނިވަސިޓީއެއްގައި ކިޔަވާ 30 ދަރިވަރުންނަށް އަމާޒުކޮށްގެން 48 ގަޑިއިރުގެ 'ލީން ސްޓާޓަޕް ލެބް' ބޫޓްކޭމްޕެއް ކުއާލަލަމްޕޫރުގައި ފަށައިފި އެވެ.

ވީ ކިހިނެއް؟ - އޭޝިއާ ޕެސިފިކް ޔުނިވަސިޓީ (އޭޕީޔޫ) އާއި އެ ޔުނިވަސިޓީގެ މޯލްޑިވްސް ސްޓޫޑަންޓް އެސޯސިއޭޝަނާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު މި ޕްރޮގްރާމް ފެށިއިރު، މާދަމާގެ ނިޔަލަށް މި ބޫޓްކޭމްޕް އޮންނާނެ އެވެ.

މި ބޫޓްކޭމްޕުގައި އޭޕީޔޫ، ސަންވޭ ޔުނިވަސިޓީ، ޓޭލާސް ޔުނިވަސިޓީ އަދި މޮނާޝް ޔުނިވަސިޓީ މެލޭޝިޔާގައި ކިޔަވާ 28 ދިވެހި ދަރިވަރުންނާއި ބޭރުގެ ދެ ދަރިވަރުން ބައިވެރިވެ އެވެ.

ސްޕާކްހަބުން މެލޭޝިއާގައި ކުރިއަށްގެންދާ 'ލީން ސްޓާޓަޕް ލެބް' ބޫޓްކޭމްޕުގެ ތެރެއިން. (ފޮޓޯ/ސްޕާކްހަބް)
ސްޕާކްހަބުން މެލޭޝިއާގައި ކުރިއަށްގެންދާ 'ލީން ސްޓާޓަޕް ލެބް' ބޫޓްކޭމްޕުގެ ތެރެއިން. (ފޮޓޯ/ސްޕާކްހަބް)

ތަފްސީލް - ސްޕާކްހަބުން ބުނި ގޮތުގައި، މިއީ އެ ކުންފުނީގެ މިފަދަ ބޮޑު ޕްރޮގްރާމެއް ރާއްޖޭން ބޭރުގައި ބޭއްވި ދެވަނަ ފަހަރެވެ. މީގެ މައިގަނޑު މަގްސަދަކީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ފައިތިލަ ސާބިތުކުރެވޭނެ ފަދަ ވިޔަފާރީގެ އުފެއްދުންތަކެއް ބިނާކުރުމަށް މަގުފަހިކޮށްދިނުމެވެ.

މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް ވަނީ އަމަލީ ގޮތުން ވިޔަފާރީގެ މައިދާނުގައި ދިމާވާ ގޮންޖެހުންތަކާއި ކަސްޓަމަރުންގެ ބޭނުންތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދާނެ ގޮތްތައް ތަޖުރިބާކުރުމުގެ ފުރުސަތު ދީފަ އެވެ.

ސްޕާކްހަބުން މެލޭޝިއާގައި ކުރިއަށްގެންދާ 'ލީން ސްޓާޓަޕް ލެބް' ބޫޓްކޭމްޕުގެ ތެރެއިން. (ފޮޓޯ/ސްޕާކްހަބް)
ސްޕާކްހަބުން މެލޭޝިއާގައި ކުރިއަށްގެންދާ 'ލީން ސްޓާޓަޕް ލެބް' ބޫޓްކޭމްޕުގެ ތެރެއިން. (ފޮޓޯ/ސްޕާކްހަބް)

އެގޮތުން، މި ޕްރޮގްރާމްގައި:

  • މި ބޫޓްކޭމްޕް ކުރިއަށް ގެންދިޔައީ 'ލީން' ސެޓިފައިޑް ޓްރެއިނަރެއް ކަމަށްވާ ދާނިޝް އާތިފް؛ ދާނިޝްއަކީ ރާއްޖެ އާއި މެލޭޝިއާގައި މިފަދަ ގިނަ ވޯކްޝޮޕްތަކެއް ހިންގުމުގެ ތަޖުރިބާ ހުރި މީހެއް

  • 'އަކުރު ޓައިޕް'ގެ ފަރާތުން އަބްދުﷲ ޝަފީއު (އަބޯ) ވަނީ، ލީން މެތޮޑޮލޮޖީ ބޭނުންކޮށްގެން ވިޔަފާރީގެ މޮޑެލްތައް ތަރައްގީކުރާނެ ގޮތުގެ ކޭސް ސްޓަޑީއެއް ހުށަހަޅައިދީފައި 

  • ޝަފީއު ހުސައިން ވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ވިޔަފާރީގެ ކުރިމަގު ބައްޓަންކުރާނެ ގޮތްތަކާ ގުޅޭ ސެޝަނެއް ކުރިއަށް ގެންގޮސްފައި

  • ދިވެހި މެންޓަރުންގެ ޓީމަކުން ވަނީ ބައިވެރިންނަށް އިރުޝާދު ދީފައި؛ މީގެ ތެރޭގައި އަހުމަދު ރިލްވާން، މަހްފޫޒް އަލީ، ފެމިލީ ރޫމްގެ އަހުމަދު އަފްރާހް އަދި ސްޕާކްހަބްގެ ޕާޓްނަރުން ކަމަށްވާ ޔާމީން މުހައްމަދާއި އައިޝާ އަދުނާން ހިމެނޭ

  • ސްޕާކްހަބުން މެލޭޝިއާގައި ކުރިއަށްގެންދާ 'ލީން ސްޓާޓަޕް ލެބް' ބޫޓްކޭމްޕުގެ ތެރެއިން. (ފޮޓޯ/ސްޕާކްހަބް)

ބުނީ ކީކޭ؟ - ސްޕާކްހަބްގެ ކޯ-ފައުންޑަރު އަދި ސީއީއޯ ހުސައިން ޖިނާން ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ ދިވެހި އުފެއްދުންތައް ބައިނަލްއަގުވާމީ ފެންވަރަށް ފުޅާކުރުން ކަމަށެވެ.

"އަޅުގަނޑުމެންނަކީ ރާއްޖޭގެ ކުންފުންޏަކަށްވީ ނަމަވެސް، އަޅުގަނޑުމެން ބޭނުންވަނީ މި ޕްރޮގްރާމްތަކުގެ ފައިދާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ސްޓާޓަޕްތަކަށް ފޯރުކޮށްދޭން. މިއީ ރާއްޖޭން ބޭރުގައި އަޅުގަނޑުމެން ބޭއްވި މިފަދަ ދެވަނަ ހަރަކާތް،" އޭނާ ވިދާޅުވި އެވެ.

"މިއީ ވަރަށް ކާމިޔާބުކަމާ އެކު ނިމިގެންދިޔަ ހަރަކާތެއް. ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު ޕްރޮގްރާމްތައް ބައިނަލްއަގުވާމީ މައިދާނަށް ތައާރަފްކުރުމަށް އަޅުގަނޑުމެން މި އަންނަނީ ރާވަމުން."

ސްޕާކްހަބުން މެލޭޝިއާގައި ކުރިއަށްގެންދާ 'ލީން ސްޓާޓަޕް ލެބް' ބޫޓްކޭމްޕުގެ ތެރެއިން. (ފޮޓޯ/ސްޕާކްހަބް)

އޭޕީޔޫގެ މޯލްޑިވްސް ސްޓޫޑަންޓް އެސޯސިއޭޝަންގެ ރައީސް ޒީދާން ޒައީމް ވިދާޅުވީ، މި ޕްރޮގްރާމްގެ ބޭނުމަކީ ދަރިވަރުންނަށް އަމަލީ މައިދާނުގައި ބޭނުންކުރެވޭނެ ފަދަ ހުނަރުތަކެއް ދަސްކޮށްދިނުން ކަމަށެވެ.

އާންމުކޮށް ބާއްވާ ކުޅިވަރާއި ސަގާފީ ހަރަކާތްތަކުގެ އިތުރުން، ދަރިވަރުންގެ މުސްތަގުބަލަށް ފައިދާކުރާނެ އާ ކަންތައްތަކެއް ތައާރަފްކުރަން ބޭނުންވި ކަމަށާއި، މި 48 ގަޑިއިރުގެ ތެރޭގައި ބައިވެރިންނަށް ލިބުނު ފިލާވަޅުތަކަކީ އަމަލީ ދިރިއުޅުމުގައި ކޮންމެ ދުވަހަކު ވެސް ބޭނުންކުރެވޭނެ މުހިންމު ހުނަރުތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ސްޕާކްހަބުން މެލޭޝިއާގައި ކުރިއަށްގެންދާ 'ލީން ސްޓާޓަޕް ލެބް' ބޫޓްކޭމްޕުގެ ތެރެއިން. (ފޮޓޯ/ސްޕާކްހަބް)

ފާހަގަކޮށްލެވޭ - 'ލީން ސްޓާޓަޕް ލެބަ'ކީ ދުނިޔޭގައި މަގުބޫލު 'ލީން ސްޓާޓަޕް މެޝިން' ފްރޭމްވޯކަށް ބިނާކޮށް ސްޕާކްހަބުން ތަރައްގީކޮށްފައިވާ ޕްރޮގްރާމެކެވެ.

ރާއްޖެއަށް މި ހަރަކާތް ފުރަތަމަ ތައާރަފްކުރީ 2019ގައި ދިރާގާ ގުޅިގެންނެވެ. އޭގެ ފަހުން 2020، 2021، 2023ގައި މާލޭގައި އަދި 2024ގައި އައްޑޫގައި ވެސް މި ޕްރޮގްރާމް ވަނީ ކާމިޔާބުކަމާ އެކު ބާއްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް