ސްޓެލްކޯއިން ރެއިން ފެށިގެން މިއަދު 8:00އާ ހަމައަށް ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގޭގައި ކުރިއަށް ގެންދިޔަ އަޕްގްރޭޑިން މަސައްކަތުގައި ޓެކްނިކަލް މީހުން ހަރަކާތްތެރިވަނީ (ފޮޓޯ/ސްޓެލްކޯ)

ސްޓެލްކޯ

މާލެ އާއި ހުޅުމާލޭގެ ހުރިހާ ހިސާބަކަށް ކަރަންޓް ދީފި

މި ފަހުން ކުރިމަތިވި އެންމެ ބޮޑު ކަރަންޓް ކެނޑުން ދިމާވީ ހުޅުމާލޭގެ އިންޖީނުގޭގެ އަޕްގްރޭޑިންގެ މަސައްކަތަކަށް ފަހު ކަމަށް ސްޓެލްކޯއިން ބުނޭ
23 މޭ 2026
2

މާލެ އާއި ހުޅުމާލެއިން އެއްފަހަރާ މިއަދު ކަރަންޓް ދިއަތާ ތިން ގަޑިއިރަށް ފަހު ހުރިހާ ހިސާބަކަށް އަލުން ކަރަންޓް ދެވިއްޖެ ކަމަށް، ސްޓެލްކޯއިން ބުނެފި އެވެ.

ވީ ކިހިނެއް؟ - މުޅި މާލެ ސަރަހަައްދުން ކަރަންޓް ދިޔައީ ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގޭގެ އަޕްގްރޭޑިންގެ މަސައްކަތަށް ފަހު ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ.

ތަފްސީލް - ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮތް މާލެ ސަރަހައްދުން މިގޮތަށް އެއްފަހަރާ ކަރަންޓް ކެނޑުމަކީ ވަރަށް މަދުން ނޫނީ ދިމާނުވާ ކަމެކެވެ. މާލެ ސަރަހައްދުން ކަރަންޓް ނުކެނޑެނީ ހަމައެކަނި ވިލިމާލެއިންނެވެ.

ސްޓެލްކޯއިން ބުނީ މިހާރު ހުރިހާ ހިސާބަކަށް ވެސް ކަރަންޓް ދެވިއްޖެ ކަމަށެވެ.

"އެއްވެސް ސަބަބަކާ ހެދި ކަރަންޓުގެ ހިދުމަތް ނުލިބޭ ނަމަ އަޅުގަނޑުމެންގެ އެމަޖެންސީ ހޮޓްލައިން 104 ނުވަތަ ކޯލް ސެންޓަ 1545 އަށް ގުޅުއްވާ. ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ދިމާވި ދަތިތަކަށް މައާފަށް އެދެން،" އެކްސްގައި ކުރި މެސެޖެއްގައި ސްޓެލްކޯއިން ބުންޏެވެ.

ހުޅުމާލެ: މާލެ އާއި ހުޅުމާލެއިން އެކުގައި ކަރަންޓް ދިއުމަކީ ވަރަށް ނުވާ ކަމެއް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ސްޓެލްކޯއިން ބުނީ ހުޅުމާލޭގެ 50 މެގަވޮޓްގެ އިންޖީނުގެ ނިއްވާލައިގެން ކުރި އަޕްގްރޭޑިންގެ މަސައްކަތް މިއަދު ހެނދުނު 8:00ގައި ނިންމާލީ އެއްވެސް ހިސާބަކުން ކަރަންޓް ކަނޑާ ނުލައި ކަމަށެވެ. ނަމަވެސް އެކްސްގައި އެހެން ބުނިތާ މާ ގިނައިރެއް ނުވެ މުޅި މާލެ އާއި ހުޅުމާލެއިން ކަަރަންޓް ކެނޑުނެވެ.

ސްޓެލްކޯއިން ބުނި ގޮތުން ނަމަ މިހާރު ނިންމާލާފައި އެވަނީ އަޕްގްރޭޑިންގެ ފުރަތަމަ މަރުހަލާ އެވެ.

"ބާކީ ހުރި މަސައްކަތްތައް ކުރިއަށް ގެންދާނެ ތާރީޚެއް ކަނޑައެޅުމަށް ފަހު ދުރާލާ އެކަން ކަސްޓަމަރުންނަށް އެންގިގެންދާނެ،" ސްޓެލްކޯއިން ބުންޏެވެ.

މާލެ އާއި ހުޅުމާލޭގެ އެކި ހިސާބުތަކުން ދޭތެރެދޭތެރެއިން ކަރަންޓް ކެނޑެ އެވެ. ހާއްސަކޮށް ހުޅުމާލޭގެ ހިޔާ ސަރަހައްދެވެ. އެކަމަކު މިގޮތަށް މާލެ އާއި ހުޅުމާލެއިން އެއްފަހަރާ ކަރަންޓް ދިއުމަކީ، މީގެ ބޮޑު ކަމަށް ބަލާއިރު، އާދައިގެ މައްސަލައެއް ކަމަކަށް ނުފެނެ އެވެ.

ކޮމެންޓް (2)

ކޮސް

23 މޭ 2026
މަބުނީ ކޮންމެވެސް ކުއްޖަކު ބަލާލަދީބަލަ ، ތެޔޮ ހުރިތޯ އެކަށީގެންވާ ވަރަށް!!!!
0 0

އިބިރަހިމާ

23 މޭ 2026
ބަގާވާތެއް.
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް