ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ރާއްޖެ-ލަންކާ

ހޯމަ ދުވަހުން ފެށިގެން ލަންކާއަށް ދާއިރު އީޓީއޭ ނަގަން ޖެހޭނެ

ފަތުރުވެރިކަމުގެ ބޭނުމުގައި އެ ގައުމަށް ޒިޔާރަތްކުރާ އެންމެން ދަތުރުގެ 24ގަޑިއިރު ކުރިން މި ހުއްދައަށް އެދި އޮންލައިންކޮށް ފޯމު ހުށަހަޅަންޖެހޭނެ

ސްރީ ލަންކާއަށް ދަތުރުކުރުމުގެ ކުރިން އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީޓީއޭ) ހޯދަން ޖެހޭ ގޮތަށް ހަދައިފި އެވެ.

ތަފްސީލް - ރާއްޖޭގައި ހުންނަ ލަންކާގެ ހައި ކޮމިޝަނުން އިއްޔެ ނެރުނު ނޯޓިހުގައި ބުނީ، ފަތުރުވެރިކަމުގެ ބޭނުމުގައި އެ ގައުމަށް ޒިޔާރަތްކުރާ އެންމެން ދަތުރުގެ ކުރިން އީޓީއޭ ހުށަހަޅަންޖެހޭނެ ކަމަށެެވެ. އެކަން ތަންފީޒުކުރަން ފަށާނީ އަންނަ ހޯމަ ދުވަހު ކަމަށް ބުންޏެވެ. 

މި ހުއްދައަށް އެދި ފޯމު ހުށަހަޅަން ޖެހޭނީ، ފުރުމުގެ ކުރިން 24 ގަޑިއިރާއި 48 ގަޑިއިރާ ދެމެދު އޮންލައިން ކޮށެވެ.

އެކަމަކު، އީޓީއޭ ނިޒާމުގެ ދަށުން ދިވެހިންނަށް އިތުރު ފީއަކާ ނުލާ، ކުރިން ވެސް ދެމުން އައި ގޮތަށް 90 ދުވަހުގެ ޓޫރިސްޓް ވިސާ ލިބޭނެ ކަމަށް އެ ނޯޓިހުގައިވެ އެވެ.

ކޮމެންޓް (1)

ބެއްޔާގެ ދަރި

23 މޭ 2026
ރާއްޖެ އިން ވެސް އެބަ ޖެހޭ މި މީހުންނަށް އެފަދަ ކަމެއް ކުރިމަތިކުރުވަން.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް