ހުޅުމާލެ ފަޅު (ދައުރު ފޮޓޯ/ހުސައިން ސުނައިން)

ވަލެއް އައްސަން ހުޅުމާލެ ފަޅުތެރެއަށް ފޭބި މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

ފުލުހުން ބުނިގޮތުގައި އޭނާ ފަޅުތެރެއަށް ފޭބީ ސީޕްލޭން ޓާމިނަލު ސަރަހައްދުގައި އަޅާފައިވާ ތެޔޮ ބާޖަކުން އިއްޔެ އިރުއޮއްސުނުއިރު

ހުޅުމާލެ ފަޅުތެރެއަށް ވަލެއް އައްސަން ރޭ ފޭބި ދިވެއްސަކު ގެއްލިގެން ހޯދަމުންދަނިކޮށް އެ މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.

ވީ ކިހިނެއް؟ - ހުޅުމާލެ ސީޕްލޭން ޓާމިނަލްގެ އުތުރުން އޮންނަ ފަޅުގައި އަޅާފައި އޮތް ތެޔޮ ބާޖަކުން، އެ ދިމާލު ފަޅުތެރެއަށް ފޭބި އިބްރާހިމް ޝާކިރު، 48، ރަތްވިލާގެ/ކ. ގުރައިދޫގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ އިރުއޮއްސި 6:30 ހާއިރެވެ. 

ތަފްސީލް - އެމްއެންޑީއެފުން މިއަދު ބުނި ގޮތުގައި، ޝާކިރު ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ގުޅިގެން ކުރަމުންދަނިކޮށް އޭނާ ފެނިފައިވަނީ، ސީޕްލޭން ޓާމިނަލްގެ ފަޅުތެރެއިންނެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، ޝާކިރަކީ އެ ބާޖުގައި މަސައްކަތްކުރާ ފަޅުވެރިއެކެވެ.

ފުލުހުން ބުނީ މި ހާދިސާގައި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު ހެނދުނު 8:25 ހާއިރު މޫދުއަޑިން އޭނާގެ ހަށިގަނޑު ފެނުމުން، ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ މީހާ ނިޔާވެފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ.

"މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން،" ފުލުހުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް