ރަތުމަލާނާ އެއާޕޯޓް.

ވަގަށް ޓީވީ ޗެނަލްތައް ސްޓްރީމްކުރި ދިވެއްސަކު ލަންކާއިން ހައްޔަރުކޮށްފި

އޭނާ ވަގަށް ޓީވީ ޓްރާންސްމިޝަން ސެންޓަރުން ހިންގި ތަނުން ސެޓެލައިޓް ޑިސްކްތަކާއި ކޮމްޕިއުޓާ ސިސްޓަމްތަކެއް ހިމެނޭ ގޮތަށް 2.3 މިލިއަން ރުފިޔާގެ އަގުހުރި ތަކެތި ފެނުނު ކަމަށް ލަންކާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވޭ

ވަގަށް ޓީވީ ޗެނަލްތައް ސްޓްރީމްކޮށް ޓީވީ އާއި ރޭޑިއޯ ޓްރާންމިޝަން ސެންޓަރެއް ސްރީ ލަންކާގައި ހިންގަމުން ދިޔަ ދިވެއްސަކު އެ ގައުމުން ހައްޔަރުކޮށްފި އެވެ.

ވީކިިހިނެއް؟ - ލަންކާގެ ނޫސްތަކުގައި އިއްޔެ ރިޕޯޓްކޮށްފައިވާ ގޮތުގައި، މައުންޓް ލެވީނިއާ ޑިވިޝަނަލް ކްރައިމް އިންވެސްޓިގޭޝަން ބިއުރޯ (އެމްބީއައި)ން ހިންގި އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރު ކޮށްފައިވެ އެވެ. އޭގެ ތެރެއިން އެކަކަކީ ދިވެއްސެކެވެ.

ދިވެހި މީހާގެ ވަނަވަރު ހާމަކޮށްފައެއް ނުވެ އެވެ.

ތަފްސީލް - ލަންކާގެ ފުލުހުންނާ ހަވާލާދީ، ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ސެންޓަރު ހިންގަމުން ދިޔައީ ޓްރެވަލް ކުންފުންޏެއްގެ ނަމުގައި ލަންކާގެ އައްޓިޑިއާ ސަރަހައްދުގަ އެވެ. އަދި އެއީ ރަތުމަލާނާ އެއާޕޯޓު ކައިރީގައި ހުރި އިމާރާތެކެވެ.

އެގޮތުން، 50 މިލިއަން ލަންކާ ރުޕީސް (2.3 މިލިއަން ރުފިޔާ)ގެ އަގުހުރި ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. އޭގެ ތެރޭގައި ސެޓެލައިޓް ރިސީވަރާއި ސެޓެލައިޓް ޑިޝްތަކާއި ކޮމްޕިއުޓަރު ސިސްޓަމްތަކާއި ސްޓާލިންކް ޔުނިޓަކާއި އެހެނިހެން ޓްރާންސްމިޝަން އިކުއިޕްމަންޓްތައް ހިމެނެ އެވެ.

މި ސެޓެލައިޓް މެދުވެރިކޮށް ޓީވީ ޗެނަލްތައް ޑައުންލޯޑްކޮށް، ލަންކާ އާއި އެ ގައުމުން ބޭރުގައި ތިބި މީހުންނަށް ވެސް ޓީވީ އަދި ރޭޑިއޯގެ ހިދުމަތް ގަވާއިދާ ހިލާފަށް ފޯރުކޮށްދެމުން ދިޔަ ކަމަށް ލަންކާގެ ނޫސްތަކުގައި ލިޔެފައިވެ އެވެ.

ކޮމެންޓް (2)

ހުސެން ހިތަދޫ

20 މޭ 2026
ތި އެއްކަލަ ޓްވިޓާގަ ހިލޭ ޓީވީ ފެންނަ ގޮތް ހަދަންށޭ ކިޔައިގެން މީޑިއާނެޓަށް ގޮންޖެހި ސޮރުތަ އަނެއްކާ..
0 0

މަހިލަ

20 މޭ 2026
ދިވެހިންތަ؟ ކޮންމެތަނެއްގާ އުޅުނަސް ގަވާއިދާ ޚިލާނުވެ ނުތިބޭނެ. އެއީ އެމީހުންގެ ކަށީގައި ހުންނަ ކަމެއް.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް