'އަދަދު'ގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނާސިރު. އެ ދެ ނޫސްވެރިން ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ތުހުމަތުގައި އެ ކޯޓަށް ހާޒިރުކޮށް ޖަލަށްލާން ވަނީ ހުކުމްކޮށްފައި. (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

އެޗްއާރުސީއެމް

ޖަލަށް ލާފައިވާ ނޫސްވެރިންނާއި މުޒާހަރާތަކުގެ ހައްޔަރީންގެ ޝަކުވާތަކާ ގުޅޭ އެޗްއާރުސީއެމްގެ ތަހުގީގެއް

ކޯޓު އަމުރަކާ ހިލާފުވެގެން ޖަލަށް ލާފައިވާ ދެ ނޫސްވެރިންގެ ތެރެއިން ލީވާން އަލީ ނަސީރު، މަރުގެ މައްސަލަތަކުގެ މީހުން ތިބޭ ޔުނިޓެއްގެ އެކަހެރި ގޮޅިއަކަށް ލާފައިވާ ކަމަށް އޭނާގެ ވަކީލު ވަނީ ވިދާޅުވެފައި

ކްރިމިނަލް ކޯޓުން ނެރުނު އަނގަ ބަންދުކުރުމުގެ އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި ޖަލަށް ލާފައިވާ ނޫސްވެރިންނާއި އިދިކޮޅުން ސިލްސިލާކޮށް ބާއްވަމުން އަންނަ މުޒާހަރާތަކުން ހައްޔަރުކުރި މީހުންގެ ކަންބޮޑުވުންތަކާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން (އެޗުއާރުސީއެމް)އިން ތަހުގީގެއް ކުރަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ކްރިމިނަލް ކޯޓުން ނެރުނު 'އަނގަ ބަންދުކުރުމުގެ އަމުރު ނުވަތަ ގެގް އޯޑަރާ ހިލާފުވިކަމަށް ނިންމައި 'އަދަދު' ނޫހުގެ ލީވާން އަލީ ނާސިރު 10 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އަދި ރައީސްއާ ކުރި ސުވާލެއްގެ މައްސަލައެއްގައި އެ އަމުރާ ހިލާފުވެގެން ހަމަ އެ ނޫހުގެ މުހައްމަދު ޝަހްޒާން ވެސް އެ ދުވަހު 15 ދުވަހަށް ޖަލަށް ހުކުމް ކުރި އެވެ.

އެ ނޫސްވެރިން މިނިވަންކުރަން ގޮވާލުމަށާއި ސަރުކާރާ ދެކޮޅަށް އިދިކޮޅުން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުން ބައެއް މީހުން ހައްޔަރުކުރިއިރު، އޭގެ ތެރެއިން ބައެއް މީހުން އަދިވެސް ތިބީ ބަންދުކޮށްފަ އެވެ.

މުޒާހަރާގެ ބައިވެރިއަކު ހައްޔަރު ކުރަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ތަފްސީލު - އެޗުއާރުސީއެމްއިން ބުނީ ޖަލަށް ލާފައިވާ ނޫސްވެރިންނާއި މިހާރު މާލޭގައި ކުރިއަށްދާ މުޒާހަރާތަކުން ހައްޔަރުކުރި މީހުންނާ އެ ކޮމިޝަނުން ބައްދަލުކޮށް، އެ މީހުންގެ ހާލު ބަލާފައިވާ ކަމަށެވެ.

"ކޮމިޝަންގެ މި ޒިޔާރަތްތަކުގައި އެ ފަރާތްތަކުން ފާހަގަކުރި ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ތަހުގީގު ކުރަންޖެހޭ ކަންކަން ކޮމިޝަނުން ތަހުގީގު ކުރުމަށް ވަނީ ނިންމާފަ އެވެ،" އެޗުއާރުސީއެމްއިން 'އެކްސް'ގައި ކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.

ގުޅުންހުރި - ޖަލުގައި ޝަހުޒާން އާއި ލީވާން ތިބީ ފުރަތަމަ އެއް ގޮޅިއެއްގަ އެވެ. ނަމަވެސް ލީވާން ފަހުން މަރުގެ މައްސަލަތަކުގެ މީހުން ތިބޭ ޔުނިޓެއްގެ އެކަހެރި ގޮޅިއަކަށް ލާފައިވާ ކަމަށް އޭނާގެ ވަކީލު ވަނީ ވިދާޅުވެފަ އެވެ.

ގޮޅި ބަދަލު ކުރި ވާހަކައަށް ސީދާ ޖަވާބެއް ނުދިން ނަމަވެސް، ލީވާން އެކަހަރި ކުރި ވާހަކަ ކަރެކްޝަންސްއިން ދޮގު ކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް