ނަޝީދު އެމްޑީޕީގެ ޖަލްސާއެއްގައި (ދައުރު ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)

ޕީއެންސީގެ ވެސް މެމްބަރުންގެ ތާއީދާ އެކު މި އަހަރު ތެރޭ މި ވެރިކަން ބަދަލުކުރާނަން: ނަޝީދު

ނަޝީދު ވިދާޅުވީ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނީ ސަރުކާރުގެ މަޖިލިސް މެމްބަރުންގެ ވެސް ސޮޔާ އެކު ކަމަށް

މި އަހަރު ނިމުމުގެ ކުރިން މި ސަރުކާރު ބަދަލުކުރާނެ ކަމަށާއި އެކަން ކުރާނީ ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ވެސް ތާއީދާ އެކު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ނަޝީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ބައިއިލެކްޝަނުގައި އެމްޑީޕީން ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ)ގެ ކެމްޕޭން ޓީމުން މިރޭ މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ބުނީ ކީކޭ؟ - އެމްޑީޕީ ހަރުގޭގައި އޮތް މި ޖަލްސާގައި ނަޝީދު ވިދާޅުވީ، ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް މި އަހަރު ތެރޭ ވައްދާނެ ކަމަށެވެ. އަދި، އެ މައްސަލަ ވައްދާނީ، ޕީއެންސީ މެމްބަރުންގެ ވެސް ސޮޔާ އެކު ކަމަށް ވިދާޅުވި އެވެ.

"މި އަހަރު ނިމުމުގެ ކުރީގައި މިވެރިކަން ބަދަލުކުރަން ވެއްޖޭ. އެކަން ހާސްވެ ނުލައްވާ، ރައްޔިތުންގެ މަޖިލީހުގެ ތަނަވަސް އަގުލަބިއްޔަތުން އިތުބާރު ނެތްކަމަށް ނެނގޭ މިންވަރަށް ތިންބައިކުޅަ ދެބައި އަޅުގަނޑުމެންގެ އަތަށް ގެންނާނަން އިރާދަކުރެއްވިއްޔާ،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ކުރީގެ ރައީސްކަން ވެސް ކުރައްވާފައިވާ ނަޝީދު ވިދާޅުވީ، ހިތަދޫ ދެކުނު ދާއިރާގައި ކުރިން އިންނެވި، ޕީއެންސީގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލުވާލުމަކީ ވެސް އެ މަސައްކަތުގެ ބައެއް ކަމަށެވެ. މި އަހަރު ނިމުމުގެ ކުރިން، ޕީއެންސީއަށް ނިސްބަތްވާ ވަރަށް ގިނަ މެމްބަރުން ޕާޓީ ބަދަލުކޮށް ރައީސްގެ އިތުބާރު ނެތްކަަމަށް ފާސްކުރަން  ހުށަހަޅަން ސޮއިކުރައްވާނެ ކަމަށް ނަޝީދު  ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ:

  • ގާނާގައި ހުންނަވާފައި މާލެ ވަޑައިގަތީ ކުރައްވާނެ ކަމެއް ނެތިގެން ނުވަތަ މަޖަލަކަށް ވެސް ނޫން 

  • މާލެ ވަޑައިގަތީ ކުރަން ހުރި ކަންތައްތަކެއް އޮވެގެން؛ އެ މަސައްކަތަކީ މި ގައުމުގެ ކަންކަން ހަމަޔަކަށް އަޅުވުން

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިވެރިކަން މި އަހަރު ނިމުމުގެ ކުރިން ވަކިކުރާނަން. ސޯބެ ހޮވަން މިއުޅެނީ އެ ސަބަބަށްޓަކައޭ. މެމްބަރަކު ވަކިކުރީ އެ ސަބަބަށް ޓަކައޭ. އެއީ ވެސް އަޅުގަނޑުމެންނަށް އެނގިގެން ކުރި ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

"ދެން ކުރާ ކަންތައް ވެސް އަޅުގަނޑުމެން ކުރާނީ އެނގިގެން. ޕީއެންސީ ހުރިހާ މެމްބަރުން އައިސް ތިބެގެން ރައީސް މުއިއްޒާ ދެކޮޅަށް ހަމައެކަނި ސޮއިކުރައްވާނީކީ ނޫން، ވޯޓުދެއްވާނީ. ބައްލަވަން ތިއްބަވާތި މި މަންޒަރު." 

ކޮމެންޓް (7)

ނަޝީދު

20 މޭ 2026
މިކަލޭގެ މިހެން މިކިޔަނީ ބޭރުން ފަންޑު ހޯދައިގެން އެމީހުންގެ ކެމްޕޭނަށް ޚަރަދުކުރުން މަތީ ދެމިތިމުމަށާ ސަޕޯޓަކޮއްލާނެ ކުދިންކޮޅެއް ފޭކް އުއްމީދަކުން ހިފަހައްޓާލުމަށް
0 0

ނުރޫޅާ ސޮރު

19 މޭ 2026
ކުރިން ބުނި އެތި ކެންސލް ދޯ! ކުރިން ބުނި ރޫޅާލާނަމޭ ވެސް! އެކަމަކު ޖެހީ އުނބަށް! އުނބަށް ޖެހި މީހުންނަށް ވުރެވެސް ހުތުރުކޮށް!
0 0

ޖުއްބާ

19 މޭ 2026
މި ކަނޑުކޮހާ ހެދީ މުއިއްޒުއައް 2ވަނަ ދައުރު ލިބޭނެ.
0 0

ޑޮކްޓަރ މޮންރޯ މަސީހް އާރުއެމްޕީ

19 މޭ 2026
އޮޅިގެން ނޫޅެ. ވެރިކަމަކީ ކަލޭދޭ އެއްޗެއްނޫން. ވެރިކަމަކީ މާތްﷲ އެކަލާނގެ އިރާދަކުރައްވާ ފަރާތަކަށް ދެއްވާ އެއްޗެއް. އެވެރިކަން ނެތިކުރައްވަނީވެސް މާތްﷲ. ކަލެއަކަށް މާތްﷲ އަށް ގޮންޖެހުމުގެ ބާރެއް ލިބިގެނެއްނުވޭ. ގާނާ ހުރެފައި ރާއްޖެއައީ އެތަނުން ބޭރުކޮށްލީމާ. ވަޒީފާގެއްލުނީމާ ޖެހުނީ އަންނަން .
0 0

1562

19 މޭ 2026
މިވެރިކަން ގެންނަން ބުރަމަސައްކަތް ކުރި މިހުންތިބީ ހުސްއަތާ އެހެންބަޔަކަށް ވަޒީފާއައި މަތީމަގާމުތައްވެސްދިނީ މިހަގީގަތް ވީވައުދުތައްވީ ބިލާހަކަށް
0 0

ރައްޔިތުމީހާ

19 މޭ 2026
މިއީ ނަޝީދު ގެނައި ވެރިކަމެއްތަ. ގަދަބަސް ތިބުނަނީ. އަބަދު ވެރިކަމާހެދި ..... ވެގެން ތިއުޅެނީ.
3 0

ސިކުނޑި

19 މޭ 2026
@ރައްޔިތުމީހާ މިވެރިކަން ބަލާވެރިކަމަކަށް ވެގެން ހޮވި މީހުންވެސް ތިބެނީ މިހާރު ލަދުން! ގަދަކޮށް ތިބެނީ ވަޒީފާތަކުގައި ތިބި މަދުބައެއް! އަހަރު ނިމޭއިރު މިވެރިކަން އޭގެ ޒާތުގައިވެސް ނެތިގެން ދިއުމަކީ ވަރަށް ކައިރި ކަމެއް!
2 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް