ގދ. ވާދޫ މަތިން ނަގާފައިވާ ފޮޓޯއެއް. (ފޮޓޯ/ވާދޫ ފޭސްބުކް ޕޭޖް)

ކުއްލި މަރު

ގދ. އަތޮޅުގައި ރާޅާއަޅަން އުޅުނު ސްޕެއިން ފަތުރުވެރިއަކު މަރުވެއްޖެ

މި ހާދިސާގައި ގެނބުނު މީހާ ގދ. ވާދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައި؛ މަރުވީ ސްޕެއިންއަށް ނިސްބަތްވާ 53 އަހަރުގެ ފިރިހެނެއް
18 މޭ 2026

ގދ. ވާދޫ ކައިރީގައި އޮތް ސަފާރީއަކުން ރާޅާއެޅުމަށް މިއަދު މޫދަށް ފޭބި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މި ހާދިސާގެ ރިޕޯޓް މިއަދު މެންދުރު 12:57 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް އެ ތަނުން ބުންޏެވެ.

ތަފްސީލް - ފުލުހުން ބުނީ:

  • މި ހާދިސާގައި ގެނބުނު މީހާ ގދ. ވާދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތުދޭ

  • މަރުވީ ސްޕެއިންއަށް ނިސްބަތްވާ 53 އަހަރުގެ ފިރިހެނެއް

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް އެ ތަނުން ބުންޏެވެ.

ގުޅުން ހުރި - ސްޕެއިންގެ ފަތުރުވެރިއަކު މިއަދު މަރުވިއިރު، ވ. އަތޮޅުގައި ޑައިވިނަށް ގޮސް އުޅެނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ގެއްލުނު އިޓަލީ މީހުން ހޯދުމުގެ އޮޕަރޭޝަނަށް ފިންލޭންޑުންގެ ތިން ޑައިވަރުން އިއްޔެ ވަނީ ރާއްޖެ އައިސްފަ އެވެ.

ވ. އަލިމަތާ ކައިރިން، އިޓަލީގެ ފަސް ޑައިވަރުން ފީނާފައިވަނީ، ރާއްޖޭގެ ގަވައިދުގައި އޮންނަ ފުންމިނަށް ވުރެ މާފުނަށް، 60 މީޓަރު އަޑީގައި އޮންނަ ކޭވް އަކަށެވެ. ގަވައިދުގައި އޮންނަ ގޮތުން، އެންމެ ފުނަށް ފީނޭނީ 30 މީޓަރަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް