އެޗުޑީސީގެ ބޯޑުން ވަކިކުރި ޔޫސުފް ވަހީދު.

އެޗްޑީސީ

އެޗުޑީސީގެ ބޯޑު ޑިރެކްޓަރުގެ މަގާމުން ޔޫސުފް ވަހީދު ވަކިކޮށްފި

މިދިޔަ ހަފްތާގައި އެޗްޑީސީގެ ޗީފް އިންޓާނަލް އޮޑިޓަރު ވެސް ވަނީ ވަކިކޮށްފައި. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އެ މަގާމުން ވަކިކުރީ، މިއަދު ބޯޑުން ވަކިކުރި ޔޫސުފް ވަހީދު

އެޗުޑީސީގެ ޑިރެކްޓަރުންގެ ބޯޑުން ޔޫސުފް ވަހީދު، ބޮޑުގެ/ހއ. ވަށަފަރު ވަކިކޮށްފި އެވެ.

ވީ ކިހިނެއް؟ - އޭނާ އެޗުޑީސީގެ ބޯޑުން ވަކިކުރިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ވަނީ މިއަދު އަންގާފަ އެވެ. ނަމަވެސް އޭނާ ވަކިކުރި ސަބަބެއް ޕީސީބީއިން ނުބުނެ އެވެ.

ތަފްސީލު - އޭނާ އެޗުޑީސީގެ ބޯޑު ޑިރެކްޓަރަކަށް އައްޔަންކުރީ ސެޕްޓެމްބަރު 2024 ގައެވެ. އެ މަގާމުން މިއަދު އޭނާ ވަކިކުރިއިރު، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމު ވެސް އަދާކުރައްވަމުން އަންނަނީ އޭނާ އެވެ.

އެޗުޑީސީގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި:

  • އޭނާއަކީ ފެލޯ ޗާޓާޑް މެނޭޖްމަންޓް އެކައުންޓެންޓް (އެފްސީއެމްއޭ)އެއް އަދި ޗާޓާޑް ގްލޯބަލް މެނޭޖްމަންޓް އެކައުންޓެންޓެއް (ސީޖީއެމްއޭއެއް)

  • އޭނާއަކީ ޕަބްލިކް އަދި ޕްރައިވެޓް ސެކްޓާގައި މި ދާއިރާއިން 15 އަހަރުގެ ތަޖުރިބާ ލިބިފައިވާ، އެކައުންޓިން، އޮޑިޓް އަދި ރިސްކް މެނޭޖްމަންޓަށް ކުޅަދާނަ ބޭފުޅެއް

ގުޅުންހުރި ކަމެއް - އެޗުޑީސީގެ ބޯޑު މެމްބަރުންނާ އެކު ބާއްވާ އޮޑިޓް ކޮމިޓީގެ މިދިޔަ ހަފްތާގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމުން މުހައްމަދު ޝަރީފް ވަނީ ވަކިކޮށްފަ އެވެ.

އިތުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބައްދަލުވުން ޗެއާކުރެއްވީ މިއަދު ބޯޑު ޑިރެކްޓަރުގެ މަގާމުން ވަކިކުރި ޔޫސުފް ވަހީދެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް