މަހިބަދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް. (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އދ. މަހިބަދޫ

6 ބުރު ވޯޓުލައިފި؛ މަހިބަދޫ ކައުންސިލަށް ނައިބު ރައީސަކު ނުހޮވުނު

ނަތީޖާ ނުނެރެވެނީ ދެ ކައުންސިލަރަކަށް ދެ ވޯޓު ލިބި، ބާތިލު ވޯޓެއްގެ ސަބަބުން އެއްވަރުވާތީ

އދ. މަހިބަދޫގެ ކައުންސިލަށް ނައިބު ރައީސަކު ހޮވަން ހަ ފަހަރު ވޯޓުލައިގެން ވެސް އެއްވަރުވެ، ކައުންސިލްގެ މަސައްކަތްތައް ހުއްޓިއްޖެ އެވެ.

ވީ ކިހިނެއް؟ - ކައުންސިލްތަކުގެ އާ ދައުރަށް އިންތިހާބުކުރި ކައުންސިލަރުން ހުވާކުރީ އިއްޔެ އެވެ.

ތަފްސީލު - މަހިބަދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ގާސިމް ޔޫސުފް 'ދައުރު'އަށް ވިދާޅުވީ ނައިބު ރައީސަކު ހޮވަން ހަ ފަހަރު ވޯޓު ނެގި ކަމަށާއި ކޮންމެ ފަހަރަކު ވެސް ނަތީޖާ ވަނީ އެއްވަރު ކަމަށެވެ.

ތަފްސީލް - މިހާތަނަށް ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި ފުރަތަމަ ނެގި ވޯޓުގައި:

  • އެމްޑީޕީއަށް ނިސްބަވްވެވަޑައިގަންނަވާ ޒައީމާ މުހައްމަދަށް ލިބިވަޑައިގަތީ 2 ވޯޓު

  • ޕީއެންސީއަށް ނިސްބަވްވެވަޑައިގަންނަވާ މުހައްމަދު މައުމޫނަށް ލިބިވަޑައިގަތީ 2 ވޯޓު

  • އަމިއްލަ ގޮތުން ކުރިމަތިލެއްވި ބުންޔާމީން ހަސަނަށް ލިބިވަޑައިގަތީ 1 ވޯޓު

އޭގެ ފަހުން ވޯޓު ލީ ފަސް ފަހަރު ވެސް ޒައީމާއަށް ދެ ވޯޓު އަދި މައުމޫނަށް ދެ ވޯޓު ލިބިވަޑައިގެންނެވިއިރު، ނަތީޖާ ނުނެރެވުނީ ބާތިލު އެއް ވޯޓުގެ ސަބަބުންނެވެ.

ގާނޫނީ ގޮތުން ފުރަތަމަ ޖަލްސާގައި ނައިބު ރައީސަކު ހޮވަން ޖެހޭއިރު، އެކަން ނުކުރެވި އޮތުމުން ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ނުގޮސް އޮތީ ހުއްޓިފަ އެވެ.

ކޮމެންޓް (1)

ކޮސް

18 މޭ 2026
ދެން މަހިބަދޫ ޠާރިޤު ލައްވާ ގުރެއް ނަގަގަ!!!!!!!!!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް