ޑެޕިއުޓީ މޭޔަރަކަށް ހޮވުނު ހެންވޭރު މެދު ދާއިރާގެ އެމްޑީޕީ ކައުންސިލަރު މީކާއިލް މުހައްމަދު ރިޔާޒު

މާލޭ ކައުންސިލުގެ ޑެޕިއުޓީ މޭޔަރުކަން މީކާއީލަށް

ހެންވޭރު މެދު ދާއިރާގެ އެމްޑީޕީ ކައުންސިލަރު މީކާއިލް މުހައްމަދު ރިޔާޒު މި މަގާމަށް ހޮވުނީ އިތުރު ބޭފުޅަކު ކުރިމަތިލާފައިނުވާތީ

މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރަކަށް ހެންވޭރު މެދު ދާއިރާގެ އެމްޑީޕީ ކައުންސިލަރު މީކާއިލް މުހައްމަދު ރިޔާޒު މިއަދު އިންތިހާބުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އާ ދައުރަކަށް މިއަދު ހުވާކުރި މާލެ ކައުންސިލުގެ މެޖޯރަޓީއަކީ، އެމްޑީޕީ އެވެ. ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ ފަރާތުން މި ކައުންސިލުގައި ތިއްބަވަނީ ދެ މެމްަބަރުންނެވެ. 

ޑެޕިއުޓީ މޭޔަރަކު ހޮވުމަށް އެމްޑީޕީގެ އެތެރޭގައި ބޭއްވި ޕްރައިމަރީ ކާމިޔާބުކުރެއްވީ، މީކާއިލް އެވެ. 

ތަފްސީލް - އޭގެފަހުން މިއަދު ބޭއްވި އެ ކައުންސިލުގެ ރަސްމީ ޖަލްސާގައި ޑެޕިއުޓީގެ މަގާމަށް ނަން ހުށަހަޅަން ފުރުސަތު ދިނުުމުން، ހުށަހަޅާފައިވަނީ މީކާއިލްގެ ނަން އެކަންޏެވެ. ޕީއެންސީގެ ފަރާތުން ނަމެއް ހުށަހަޅާފައެއް ނުވެ އެވެ.

އިތުރު ބޭފުޅަކު ކުރިމަތިނުލާތީ މީކާއިލް އެ މަގާމަށް އިންތިހާބުވީ ކަމަށް މިއަދުގެ ޖަލްސާގައި ނިންމި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް