އެމްޑަބްލިއުއެސްސީގެ ޗެއާމަންގެ މަގާމުން ވަކިކުރި ޝަމްހޫޒާ އަހްމަދު.

އެމްޑަބްލިއުއެސްސީގެ ޗެއާޕާސަންގެ މަގާމުން ޝަމްހޫޒާ ވަކިކޮށްފި

އޭގެ ކުރިން މިދިޔަ މަހު އެ ކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވި އަބްދުﷲ މަތީން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައި

ސަރުކާރުގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީގެ ޗެއާޕާސަންގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުން ޝަމްހޫޒާ އަހްމަދު ވަކިކޮށްފި އެވެ.

ތަފްސީލު - އެ މަގާމުން ޝަމްހޫޒާ، ނާޒުކީގެ/ސ. ފޭދޫ، ވަކިކުރިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓަައިޒޭޝަން ބޯޑު (ޕީސީބީ)ން ވަނީ އިއުލާންކޮށްފަ އެވެ.

ނަމަވެސް އެއީ ކޮން ސަބަބަކާ ހުރެ ކަމެއް ޕީސީބީން ނުބުނެ އެވެ.

ޝަމްހޫޒާ އެމްޑަބްލިއުއެސްސީގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކުރީ 26 ޑިސެމްބަރު 2023ގަ އެވެ.

ގުޅުންހުރި ކަމެއް - އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ މަތީން މިދިޔަ މަހު އެ މަގާމުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

އެއާ އެކު އެ ކުންފުނީގެ އެމްޑީގެ މަގާމަށް ފަހުން އައްޔަންކުރީ ސްޓެލްކޯގެ ކުރީގެ އެމްޑީކަން ކުރެއްވި ހުސައިން ފަހުމީ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް