މާލެ ސިޓީ ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވި ކައުންސިލަރުންގެ މެދުގައި ނެގި ވޯޓުގައި، ޑެޕިއުޓީ މޭޔަރަކަށް އިންތިހާބުވި މީކާއިލް ވޯޓު ދެއްވަނީ
މާލޭ ޑެޕިއުޓީ މޭޔަރުކަމަށް ގެންނަން އެމްޑީޕީން ނިންމީ މީކާއިލް
މާލޭގެ ޑެޕިއުޓީ މޭޔަރަކަށް ހެންވޭރު މެދު ދާއިރާ މީކާއިލް މުހައްމަދު ރިޔާޒު އިންތިހާބުކުރުމަށް މާލެ ސިޓީ ކައުންސިލްގައި ތިބޭ އެމްޑީޕީގެ ކައުުންސިލަރުންގެ މެދުގައި ނެގި ވޯޓަކުން މިއަދު ނިންމައިފި އެވެ.
ވީކިިހިނެއް؟ - މާލޭގެ ޑެޕިއުޓީ މޭޔަރަކު އިންތިހާބުކުރުމަށް ބާއްވާ ސިޓީ ކައުންސިލްގެ ބައްދަލުވުމުގެ ކުރިން އެމްޑީޕީގެ ކައުންސިލަރުންގެ ބައްދަލުވުމެއް ވަނީ އެ ޕާޓީގެ ދަޑިކޮށި ޖަގަހައިގައި ބާއްވައިފަ އެވެ. އެއީ އެ ޕާޓީން ޑެޕިއުޓީ މޭޔަރަކަށް އިންތިހާބުކުރާ ކައުންސިލަރެއް ކަނޑައެޅުމަށް ބޭއްވި ބައްދަލުވުމެކެވެ.
ތަފްސީލް - އެމްޑީޕީގެ ކައުންސިލަރުންގެ ތެރެއިން ހަތަރު ކައުންސިލަރަކު މި މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާތީ، ޑެޕިއުޓީ މޭޔަރަކަށް ކައުންސިލަރަކު އިންތިހާބުކުރަނީ، އެ ކައުންސިލަރުންގެ މެދުގައި ސިއްރު ވޯޓެއް ނަގައިގެނެވެ.
އެ ވޯޓުގެ ނަތީޖާއަކީ:
-
ހެންވޭރު މެދު ދާއިރާ މީކާއިލް މުހައްމަދު ރިޔާޒު (މިކީ) - ހަތް ވޯޓު
-
ހުޅުމާލެ އުތުރު ދާއިރާ ފާތިމަތު ޒަހިއްޔާ (ޒާޔާ) - ފަސް ވޯޓު
-
މާފަންނު މެދު ދާއިރާ އައިޝަތު ހަނާ - ދެ ވޯޓު
-
މާފަންނު ހުޅަނގު ދާއިރާ މުހައްމަދު ރިލްވާން އަލީ (ރިލޭ) - ދެ ވޯޓު
ފާހަގަކޮށްލެވޭ - ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް އިންތިހާބު ވެފައިވަނީ އެންމެ ދެ ބޭފުޅުންނެވެ. އެއީ:
-
ހުޅުމާލެ މެދު ދާއިރާއަށް އަހްމަދު ސަނީހް
-
ވިލިމާލެ ދާއިރާ އިބްރާހިމް ސަމާހް
ޕީއެންސީގެ ފަރާތުން ޑެޕިއުޓީ މޭޔަރަކަށް ވާދަ ކުރައްވަނީ، އެ ދެ ބޭފުޅުންގެ ތެރެއިން ކާކު ކަމެއް އަދި ކަށަވަރެއް ނޫނެވެ.