ކުރީގެ ރައީސުން ކަމަށްވާ އަބްދުﷲ ޔާމީނާއި މުހައްމަދު ނަޝީދާއި އިބްރާހީމް މުހައްމަދު ސޯލިހު ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރެއްވުން. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ކުރީގެ 3 ރައީސުންގެ މަންދޫބުން ކަނޑައަޅައިފި

ރައީސް މުހައްމަދު މުއިއްޒުއާ ދެކޮޅަށް ކުރީގެ ތިން ރައީސުން ފެއްޓެވި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާނެ މަންދޫބުން ވަނީ ކަނޑައަޅުއްވާފައި

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އަދި އިބްރާހީމް މުހައްމަދު ސޯލިހު ފައްޓަވާފައިވާ އިދިކޮޅު ސިޔާސީ ހަރަކާތުގައި އެ ލީޑަރުންގެ ފަރާތުން އިސްކޮށް އުޅުއްވާނެ މަންދޫބުން ކަނޑައަޅުއްވައިފި އެވެ.

ވީކިިހިނެއް؟ - ކުރީގެ ތިން ރައީސުން މިދިޔަ ހުކުރު ދުވަހުގެ ރޭ ބައްދަލުކުރެއްވުމަށް ފަހު،  ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން އަލުން އިއާދަކުރުން ހިމެނޭ ގޮތަށް ސަރުކާރު 'ހަމައަކަށް އެޅެން ދެން' އެކުގައި މަސައްކަތްކުރެއްވުމަށް އެއްބަސްވުމެއްގައި ސޮއިކުރައްވައިފަ އެވެ.

އެ ބައްދަލުވުމަށްފަހު، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިން ރައީސުންގެ ފަރާތުން މަންދޫބުން ހިމެނޭ ޓީމެެއް އެކުލަވާލާނެ ކަން އިއުލާންކުރައްވާފައިވެ އެވެ. މިއަދު ތިން ރައީސުން ވަނީ މަންދޫބުން ކަނޑައަޅުއްވައިފަ އެވެ.

ތަފްސީލް - ރައީސް ނަޝީދުގެ މަންދޫބުންނަކީ:

  • ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ

  • އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް

ރައީސް ޔާމީންގެ މަންދޫބުންނަކީ:

  • ޕީއެންއެފްގެ ނައިބު ރައީސް މުހައްމަދު މަލީހު ޖަމާލު

  • ޕީއެންއެފްގެ ޓިކެޓްގައި މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވި އިސްމާއިލް ޒަރިޔަންދު

ރައީސް ސޯލިހުގެ މަންދޫބުންނަކީ:

  • ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމް (ސައްލެ)

  • މަޖިލީހުގެ އަލިފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

އިތުރު އާޓިކަލް

އިތުރު އާޓިކަލް