މާލެ ސިޓީ ކައުންސިލްގެ ފަސް ވަނަ ދައުރަށް ހޮވުވަޑައިގަތް މޭޔަރާއި ކައުންސިލަރުން ހުވާކުރަން ބޭއްވި ރަސްމިއްޔާތު.
މާލޭގެ އާ މޭޔަރާއި ކައުންސިލަރުން ހުވާކުރައްވައިފި
މާލެ ސިޓީ ކައުންސިލްގެ ފަސް ވަނަ ދައުރަށް އިންތިހާބުވެވަޑައިގަތް މޭޔަރާއި ކައުންސިލަރުން މަގާމުގެ ހުވާކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި އިންތިހާބީ މޭޔަރާއި ކައުންސިލަރުންނަށް ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އެވެ. ހުވާ ކުރެއްވުމަށް ފަހު އިންތިހާބީ މޭޔަރާއި ކައުންސިލަރުން ވަނީ ހުވާގެ އިގުރާރުގައި ސޮއިކުރައްވާފަ އެވެ.
އޭގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން ވެސް ވަނީ މަގާމުގެ އިގުރާރުގައި ސޮއިކޮށްފަ އެވެ.
ތަފްސީލު - މިދިޔަ މަހު 4ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވިލިމާލެ އާއި ހުޅުމާލެ މެދު ދާއިރާ ފިޔަވާ މާލެ ސިޓީ ކައުންސިލްގެ އެހެން ހުރިހާ ގޮނޑިއެއް ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީންނެވެ.
އެއާ ހިލާފަށް ކައުންސިލްގެ ނިމިދިޔަ ދައުރުގައި އޮތީ ޕީއެންސީގެ މެޖޯރިޓީއެކެވެ. ނަމަވެސް އޭރު ވެސް މޭޔަރަކަށް ހުންނެވީ ކައުންސިލްގެ މި ދައުރުގެ މޭޔަރަށް އިންތިހާބުވެވަޑައިގަތް އާދަމް އާޒިމް އެވެ.
މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރު:
-
މޭޔަރު - އާދަމް އާޒިމް
-
މާފަންނު ހުޅަނގު ދާއިރާ - މުހައްމަދު ރިލްވާން އަލީ
-
މާފަންނު އުތުރު ދާއިރާ - ހުސައިން ފުރުޝާން
-
މާފަންނު ދެކުނު ދާއިރާ - އިބްރާހިމް ލަބާން ޝަރީފް
-
މާފަންނު މެދު ދާއިރާ - އައިޝަތު ހަނާ
-
މައްޗަންގޮޅި އުތުރު ދާއިރާ - ހަދީޖާ މުހައްމަދު
-
މައްޗަންގޮޅި ދެކުނު ދާއިރާ - ފަރުހާން ޝަފީއު
-
މައްޗަންގޮޅި މެދު ދާއިރާ - ހައްވާ ޝިފާނާ
-
މެދު ހެންވޭރު ދާއިރާ - މީކާއީލް މުހައްމަދު ރިޔާޒު
-
ހެންވޭރު ހުޅަނގު ދާއިރާ - ފާތިމަތު ސަހުލާ
-
ހެންވޭރު ދެކުނު ދާއިރާ - އައިޝަތު ނާޒިމާ
-
ހެންވޭރު އުތުރު ދާއިރާ - ފާތިމަތު ލައިޒާ
-
ގަލޮޅު ދެކުނު ދާއިރާ - އިސްމާއިލް ހަލީމް
-
ގަލޮޅު އުތުރު ދާއިރާ - އާމިނަތު އިރާޝާ މުހައްމަދު
-
ހުޅުމާލެ ދެކުނު ދާއިރާ - އަހްމަދު ގާލިބު
-
ހުޅުމާލެ މެދު ދާއިރާ - އަހްމަދު ސަނީހު ހަނީފް
-
ހުޅުމާލެ އުތުރު ދާއިރާ - ފާތިމަތު ޒަހިއްޔާ
-
ވިލިމާލެ ދާއިރާ - އިބްރާހިމް ސަމާހު