ޑައިވިން ހާދިސާގައި ލައިސެންސް ސަސްޕެންޑުކުރި ޑޫކް އޮފް ޔޯކް ސަފާރީ.
ޑައިވިން ހާދިސާއާ ގުޅިގެން ސަފާރީގެ ލައިސެންސް ސަސްޕެންޑުކޮށްފި
ވ. އަތޮޅުގައި ޑައިވިންއަށް ގޮސް އުޅެނިކޮށް ހަތަރު ޑައިވަރުން ގެއްލި، އެއް ޑައިވަރު މަރުވެފައި އޮއްވާ ފެނުނު ހާދިސާގައި އެ މީހުން ޑައިވިންއަށް ގެންދިޔަ 'އެމްވީ ޑޫކް އޮފް ޔޯކް'ގެ އޮޕަރޭޓިން ލައިސަންސް މުއްދަތެއް ނެތް ގޮތަށް ޓޫރިޒަމް މިނިސްޓްރީން ސަސްޕެންޑު ކޮށްފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެ ހާދިސާގައި އެ ފަސް ޑައިވަރުންގެ ތެރެއިން މިހާތަނަށް ކަނޑުގެ އަޑިން ފެނިފައިވަނީ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު އެކަންޏެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތް މެދުނުކެނޑި އަންނަނީ ކުރަމުންނެވެ.
ތަފްސީލު - އެ ހާދިސާގެ ސީރިއަސްކަމުން އިތުރު ކަންކަން ބަލަން ޓޫރިޒަމް މިނިސްޓްރީން ނިންމީ މުއްދަތެއް ނެތް ގޮތަށް އެ އުޅަނދުގެ ލައިސެންސް ސަސްޕެންޑު ކުރުމަށެވެ.
އޭގެ އިތުރުން ރައްކާތެރި މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކެއްގެ ޒިންމާއެއްކަން ފާހަގަކޮށް، ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މިފަދަ މިންގަނޑުތައް ދެމެހެއްޓުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓްރީން ވަނީ ދީފަ އެވެ.
އެނގުން މުހިންމު - ފުލުހުން އެންމެ ފުރަތަމަ ބުނީ، ފަސް ޑައިވަރުން ވެސް މަރުވެފައި ތިއްބާ ފެނިފައިވާ ކަމަށެވެ. ނަމަވެސް ފަހުން އެއީ މައުލޫމާތުގެ ކުށެއް ކަމަށާއި ފެނުނީ އެކަކުގެ ހަށިގަނޑު ކަމަށް ފުލުހުން ބުންޏެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި:
-
އެކެއްގެ ހަށިގަނޑު ފެނިފައިވަނީ އެ މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށް
-
އެ މީހާގެ ހަށިގަނޑު ވަނީ ވ. ފުލިދޫ ހެލްތު ސެންޓަރަށް ގެންގޮސްފައި
"މި ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ތެރެއިން،" އެމްއެންޑީއެފުން ބުންޏެވެ.
ފާހަގަކުރެވޭ - މަރުވި ހަތަރު ޓޫރިސްޓުންނާއި އެ މީހުންގެ އިންސްޓްރަކްޓަރު 60 މީޓަރަށް ފީނިއިރު، ރާއްޖޭގައި އާންމުކޮށް ޑައިވްކުރަން ހުއްދަ އޮންނަނީ 30 މީޓަރަށެވެ.
ކޮމެންޓް (1)
22222