'އަދަދު' ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު ކްރިމިނަލް ކޯޓަށް ވަންނަނީ.
ލީވާނާއި ޝަހުޒާން ހާޒިރުކުރާ ދެ އަޑުއެހުން ސިއްރުކޮށްފި
ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒުފުކުރިކަމުގެ ތުހުމަތުގައި 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ އެ ނޫހުގެ ދެ ނޫސްވެރިއަކު ހިލާފުވި ކަމަށް ބުނާ މައްސަލަ ކޯޓުން ސިއްރުކޮށްފި އެވެ.
ވިކީހިނެއް؟ - އަދަދު ނޫހުން މިދިޔަ 28 މާޗުގައި ނެރުނު ޑޮކިއުމަންޓަރީގެ މައްސަލާގައި ކްރިމިނަލް ކޯޓުން ވަނީ މައްސަލައިގެ ވާހަކަ ދެއްކުން މަނާކޮށް އަމުރެއް ނެރެފަ އެވެ.
އެ އަމުރާ ހިލާފުވި ކަމަށް ބުނެ ކްރިމިނަލް ކޯޓަށް ހާޒިރުކުރަނީ:
-
އެ އަމުރާ ހިލާފަށް އެ އަމުރު ނެރުނު ކަމުގެ ހަބަރު ލިޔެގެން ކަމަށް ބުނެ އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު މިއަދު ހެނދުނު 11 ޖަހާއިރަށް
-
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އަމުރާ ހިލާފަށް ރައީސް މުއިއްޒުއާ ސުވާލުކުރި ކަމަށް ބުނެ އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން މިއަދު މެންދުރުފަހު 1 ޖަހާއިރަށް
ހެނދުނު 11 ޖަހާއިރަށް ލީވާން ވަނީ ކޯޓު އަޑުއެހުމަށް ވަދެފަ އެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވިގޮތުގައި ލީވާން އާއި ޝަހުޒާން ހާޒިރުކުރާ ދެ އަޑުއެހުން ކުރިއަށް ގެންދާނީ އާންމުންނާއި މީޑިއާތަކަށް ނުވަދެވޭ ގޮތަށް، ސިއްރުކޮށްގެންނެވެ.
ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ، މި މައްސަލާގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އެއްވެސް މީހަކު:
-
'އައިޝާ' ޑޮކިޔުމެންޓްރީ ދައުރު ނުކުރަން
-
ޑޮކިޔުމެންޓްރީގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދައްކަން
-
ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަަލައިގެ ހަސްމަކާ ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާގެ އެއްވެސް ވާހަކައެއް ނުދައްކަން
-
މިއީ ކޯޓުގައި ސިއްރުން ކުރިއަށް ގެންދާ މައްސަލަތަކެއް ކަމުން، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި ވާހަކަތައް ނުފަތުރަން
އެނގުން މުހިންމު - މި މައްސަލާގައި ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާކުރިއިރު، އެ ދެ މީހުންގެ އިތުރުން ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި އީޝާ އަޝްރަފްގެ ބަޔާން ނެގުމަށް ފުލުހަށް ވަނީ ހާޒިރުކޮށްފަ އެވެ. މި މައްސަލާގައި އީޝާގެ މައްޗަށް ވެސް، ގަޒުފު ކުރުމުގެ ތުހުމަތު ފުލުހުން ކުރި ނަމަވެސް އަދި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.
އެ ތިން މީހުންގެ ވެސް ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ.
ކޮމެންޓް (3)
ސަމީރު
ތެފައާސާ.
ސިކުނޑި