ރައީސްއަށް ތުހުމަތުތަކެއްކޮށް ޝާއިއުކުރި ޑޮކިއުމެންޓްރީގެ މައްސަލައިގެ ތަހުގީގަށް 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު ފުލުހަށް ހާޒިރު ކުރި ދުވަހު އެ ދެ މީހުންނާއި އެ ނޫހުގެ ނޫސްވެރިން ފޮޓޯއަކަށް ހުއްޓިގެން (ދައުރު ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)
ފިޔާޒާއި ހަސަނުގެ ޝަރީއަތް މާދަމާ ފަށަނީ
ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒުުފުކުރިކަމުގެ ތުހުމަތުގައި 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް މާދަމާ ކްރިމިނަލް ކޯޓުގައި ފެށުމަށް ތާވަލުކޮށްފި އެވެ.
ވީކިހިނެއް؟ - ފިޔާޒާއި ހަސަނުގެ މައްޗަށް ގަޒުފުކުރުމުގެ ކުށުގެ ދައުވާ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އުފުލީ މިދިޔަ 28 މާޗުގައި އެ ނޫހުން ގެެނެސްދިިން ޑޮކިއުމަންޓަރީއެއްގެ މައްސަލާގަ އެވެ. އެގޮތުން:
-
އެ ޑޮކިއުމަންޓަރީގައި ކާކުކަން ނޭނގޭ ގޮތަށް އިންޓަވިއު ދިނީ ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި މުވައްޒަފެއް ކަމަށް ބުނާ އަންހެނެއް
-
އެ އަންހެން މީހާ ވަނީ ރައީސް މުއިއްޒުގެ މައްޗަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގެވި ކަމަށް ތުހުމަތުތަކެއްކޮށްފައި
ތަފްސީލް - ކްރިމިނަލް ކޯޓުން ފިޔާޒާއި ހަސަނަށް ފޮނުވާފައިވާ ޗިޓުގައިވާ ގޮތުން މި މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން އޮތީ މާދަމާ މެންދުރުފަހު 1 ޖަހާއިރެވެ. އެގޮތުން:
-
ޗިޓު ފޮނުވާފައިވަނީ ކްރިމިނަލް ކޯޓުގެ ބީ1 ސެކްޝަނުން
-
ކޯޓުގެ ބީ1 ސެކްޝަަނަކީ ގާޒީ އިބްރާހީމް ޒިހުނީގެ ސެކްޝަން
އެނގުން މުހިންމު - މި މައްސަލާގައި ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާކުރިއިރު، އެ ދެ މީހުންގެ އިތުރުން ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި އީޝާ އަޝްރަފް ވެސް ވަނީ ތަހުގީގަށް ބަޔާން ނަގަން ފުލުހަށް ހާޒިރުކޮށްފަ އެވެ. މި މައްސަލާގައި އީޝާގެ މައްޗަށް ވެސް، ގަޒުފު ކުރުމުގެ ތުހުމަތު ފުލުހުން ކުރި ނަމަވެސް އަދި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.
އެ ތިން މީހުންގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފަ އެވެ.
ފާހަގަކޮށްލެވޭ - ކްރިމިނަލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ވަނީ މި މައްސަލާގައި ޕީޖީ އޮފީހުން އެދިގެން، 'ގެގް އޯޑަރެއް' ނެރެފަ އެވެ. އެ ގޮތުން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ މި މައްސަލާގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އެއްވެސް މީހަކު:
-
'އައިޝާ' ޑޮކިޔުމެންޓްރީ ދައުރު ނުކުރަން
-
ޑޮކިޔުމެންޓްރީގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދައްކަން
-
ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަަލައިގެ ހަސްމަކާ ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާގެ އެއްވެސް ވާހަކައެއް ނުދައްކަން
-
މިއީ ކޯޓުގައި ސިއްރުން ކުރިއަށް ގެންދާ މައްސަލަތަކެއް ކަމުން، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި ވާހަކަތައް ނުފަތުރަން
ކޮމެންޓް (1)
ސިކުނޑި