'އެއްބަސްވެ ދެބަސްވަމާ' އެޕިސޯޑް 22ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު: އަދަދު ނޫހުގެ އިސް ދެ ނޫސްވެރިއަކަށް ކުރާ ދައުވާ އަނބުރާ ގެންދަން ގޮވާލެއްވި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
'އަނގަ ބަންދުކުރަން' ނެރުނު ކޯޓު އަމުރާ ހިލާފުވާން ނަޝީދު ގޮވާލައްވައިފި
ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގެވި ކަމަށް ތުހުމަތުތަކެއްކޮށް އަދަދު ނޫހުން ގެނެސްދިން ޑޮކިއުމަންޓަރީއެއްގެ މައްސަލާގައި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދަށް ދައުވާކުރި މައްސަލާގައި ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރާ ހިލާފުވާން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - ފިޔާޒާއި ހަސަންގެ މައްޗަށް ގަޒުފު ކުރުމުގެ ކުށުގެ ދައުވާ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އުފުލައި، އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ އިއްޔެ އެވެ. އަދި ޕީޖީ އޮފީހުން އެދިގެން ކްރިމިނަލް ކޯޓުން 'ގެގް އޯޑަރެއް' ވެސް އިއްޔެ ނެރުނެވެ.
އެ ގޮތުން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ:
-
މި މައްސަލާގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން 'އައިޝާ' ޑޮކިޔުމެންޓްރީ ދައުރު ނުކުރަން
-
ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ޑޮކިޔުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އެއްވެސް މީހަކު ނުދެއްކުމަށް
-
ޑޮކިއުމެންޓްރީއާ ގުޅުވާ މައްސަަލައިގެ ހަސްމަކަށް ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާގެ އެއްވެސް ވާހަކައެއް އެއްވެސް މީހަކަށް ނުދައްކަން
-
މިއީ ކޯޓުގައި ސިއްރުން ކުރިއަށް ގެންދާ މައްސަލަތަކެއް ކަމުން، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި ވާހަކަތައް ނުފަތުރަން
ތަފްސީލް - މިކަމާ ގުޅިގެން ނަޝީދު އެކްސްގައި ލިއުއްވީ 'އަދަދު' ނޫހުގެ ޑޮކިއުމެންޓްރީގެ މައްސަލާގައި ހިނގަމުންދާ ކަންކަން ބަލައިގަންނަން ދަތި ކަމަށެވެ. އެ ގޮތުން ނަޝީދު ފާހަގަކުރެއްވީ:
-
ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލުން
-
މަސްދަރު ހާމަކުރަން މަޖުބޫރުކުރުން
-
ނޫހުގެ އޮފީސް ފުލުހުން ރެއިޑް ކުރުން
-
ނޫސްތަކާއި ނޫސްވެރިންގެ މުދަލާއި ސާމާނު ފުލުހުން ހިފެހެއްޓުން
-
ނުރުހޭ ސުވާލެއް ކުރީމައި، ޕްރެސް ކޮންފަރެންސްތަކުން ނޫސްވެރިން ނެރުން
"އަދަދުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުއާ ދެކޮޅަށް އުފުލާފައިވާ ޖިނާއީ ދައުވާ އަނބުރާ ގެންދިއުމަށް ސަރުކާރުން ގޮވާލަން،" ނަޝީދުގެ ޕޯސްޓްގައިވެ އެވެ.
ނަޝީދު އިތުރު ޕޯސްޓެއް ކުރައްވައި ގެގް އޯޑަރުގައި އޮންނަ ތުހުމަތު ތަކުރާރު ކުރެއްވި އެވެ.
"ރައީސް އޮފީހުގެ މުވައްޒަފަކު ވަނީ ރައީސް ޑރ. މުއިއްޒުއާއެކު ރައީސް އޮފީހުގައި ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނެފައި،" ނަޝީދުގެ ޕޯސްޓްގައި ލިއުއްވާފައިވެ އެވެ.
ނަޝީދު ދެން ފާހަގަކުރެއްވީ އެ ތުހުމަތު ކުރީ އަދަދު ނޫސް މެދުވެރިކޮށް ކަމުން އަދަދު ނޫހުގެ އިސް ދެ ނޫސްވެރިއަކަށް ދައުވާކޮށް އެ ވާހަކަ ދެއްކުން މަނާކޮށް ކޯޓު އަމުރެއް ނެރުނު ކަމެވެ.
"މި ކޯޓު އަމުރާ ފާޅުގައި ގިނަ ބަޔަކު ހިލާފުވުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގައި ކުރެވޭނެ އިހުތިޖާޖެއް، އަޅުގަނޑު މި ހުރީ ކޯޓު އަމުރާ ހިލާފުވާން ތައްޔާރަށޭ،" ނަޝީދު ލިއުއްވާފައިވެ އެވެ.
Raees ofeehuge muazzafaku vanee Raees Dr. Muizzu aa eku, Raees ofeehugai badh-akhlaagee amalu hingikamah bunefai. Raees ofeehuge muazzafu ehen bunee Adhadhu noos medhuveri koh kamaun e noohah vanee dhauvaa ufulaafai. Court in vanee e kamaa gulhey eh ves vaahakaeh nudhehkeyne…
— Mohamed Nasheed (@MohamedNasheed) May 11, 2026
އެނގުން މުހިންމު - މި މައްސަލާގައި ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާކުރިއިރު، އެ ދެ މީހުންގެ އިތުރުން ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި އީޝާ އަޝްރަފް ވެސް ތަހުގީގަށް ބަޔާން ދޭން ވެގެން ފުލުހަށް ހާޒިރުކޮށްފަ އެވެ. މި މައްސަލާގައި އީޝާގެ މައްޗަށް ވެސް ގަޒުފު ކުރުމުގެ ތުހުމަތު ފުލުހުން ކުރި ނަމަވެސް އަދި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.
އެ ތިން މީހުންގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވެ އެވެ.
ކޮމެންޓް (1)
ދަމުއި