ވިލާ ކޮލެޖުން 2024ގައި ބޭއްވި އިންޖިނިއަރިން އެގްޒިޝަންގެ ތެރެއިން. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ވިލާ ކޮލެޖު

ވިލާ ކޮލެޖުގެ އޯޕަން ޑޭ: މި ހަފްތާ ބަންދުގައި ކުޅިވަރާއި ތައުލީމީ ފެސްޓިވަލެއް

'ވިލާ ކޮލެޖު ކެމްޕަސް ކުއެސްޓް: ކޮމިކް އެޑިޝަން 2026' އޮންނާނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހުގެ ހަވީރު، ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ރޭގަނޑު 10އަށް، ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުގައި
10 މޭ 2026

ވިލާ ކޮލެޖުގެ މި އަހަރުގެ އޯޕަން ޑޭ، އާންމުކޮށް ބާއްވާ އޯޕަން ޑޭތަކާ މުޅިން ތަފާތު ގޮތަކަށް، އެކިއެކި ކުޅިވަރުތަކާއި ތައުލީމީ ހަރަކާތްތައް ވެސް ހިމެނޭ ފެސްޓިވަލެއްގެ ގޮތުގައި ބާއްވަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - 'ވިލާ ކޮލެޖު ކެމްޕަސް ކުއެސްޓް: ކޮމިކް އެޑިޝަން 2026' އޮންނާނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހުގެ ހަވީރު، ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ރޭގަނޑު 10އަށް، ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުގަ އެވެ.

ތަފްސީލް - މިއީ، ވިލާ ކޮލެޖުން ފަހިކޮށްދޭ ތައުލީމީ ފުރުސަތުތައް ތައާރަފުކޮށްދިނުމާ އެކު، ޕޮޕް ކަލްޗާ، ގޭމިން، ކޮސްޕްލޭ އަދި އެކިއެކި ތައުލީމީ ހަރަކާތްތައް އެއްކޮށް ފެސްޓިވަލެއްގެ ގޮތުގައި ބާއްވާ، މޯޕަން ޑޭއެކެވެ.

މިއީ މިހާތަނަށް އެ ކޮލެޖުން މިފަދަ ގޮތަކަށް އިންތިޒާމުކުރާ އެންމެ ބޮޑު ހަރަކާތެވެ.

މި އޯޕަން ޑޭގެ އެންމެ ހާއްސަ އެއް ހަރަކާތަކީ 'ކެމްޕަސް ކުއެސްޓެ'ވެ. މި ކުއެސްޓުގައި ބައިވެރިވުމަށް ހާއްސަ ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށް ރަޖިސްޓަރީވުމުން، ޒިޔާރަތްކުރާ ކޮންމެ މީހަކަށް ވެސް 'ޑިޖިޓަލް ހީރޯ ޕާސްޕޯޓެއް' ލިބޭނެ އެވެ.

ފެސްޓިވަލްގެ އެންމެ ހާއްސަ އެއް ކަމަކީ، ވިލާ ކޮލެޖުގެ ފެކަލްޓީތަކާއި ޑިޕާޓްމަންޓްތައް ޕޮޕް ކަލްޗާގެ ތަފާތު ތީމްތަކަށް ބަދަލުކޮށް، ޒޯންތަކެއްގެ ގޮތަށް ފަރުމާކުރެވިފައި ވުމެވެ. އެގޮތުން:

  • ކޮންމެ ޒޯނެއްގައި ވެސް އެ ތީމާ ގުޅޭ ޝައުގުވެރި ޗެލެންޖުތަކާއި ހަރަކާތްތައް ކުރިއަށްދާނެ 

  • ކޮންމެ ޒޯނަކުން ވެސް ދޭ ޗެލެންޖެއް ފުރިހަމަކުރުމަށް ފަހު، ކިއުއާރު ކޯޑެއް ސްކޭން ކުރުމުން ޑިޖިޓަލް ސްޓޭމްޕެއް ލިބޭނެ 

  • ހުރިހާ ޒޯނަކުން ސްޓޭމްޕް ހަމަކުރާ ފަރާތްތަކަށް ގްރޭންޑް ޕްރައިޒް ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ

މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް ވެސް މި ދެ ދުވަހު ކުރިއަށްދާނެ އެވެ. އޭގެ ތެރެއިން:

  • މައި ސްޓޭޖުގައި ކުރިއަށްދާނެ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ 'ކޮސްޕްލޭ ރޭމްޕްވޯކް ކޮމްޕެޓިޝަން' 

  • އެކި ޕޮޕް ކަލްޗާ ކެރެކްޓާތަކުގެ ކޮސްޓިއުމްތަކާ އެކު ބައިވެރިވެވޭ މި މުބާރާތުގައި، ހުށަހެޅުމުގެ ފެންވަރާއި ފަރުމާކުރުމަށް ކުރުމުގެ ހުނަރުތަކަށް ބަލައި އެންމެ މޮޅު 3 ބައިވެރިންނަށް އެލް މޮބައިލުން ހުށަހަޅާ އަގުހުރި އިނާމުތަކެއް ދޭނެ

  • އޭގެ އިތުރުން، މައި ސްޓޭޖުގައި ލައިވް މިއުޒިކާއި ދަރިވަރުންގެ ޓެލެންޓް ޝޯ އަދި އެހެނިހެން ހަރަކާތްތައް ވެސް ކުރިއަށްދާނެ

ރާއްޖޭގައި ހަލުވިކަމާ އެކު ފުޅާވަމުން އަންނަ ގޭމިން ކޮމިއުނިޓީއަށް ހާއްސަކޮށްގެން، ދިރާގު ގޭމާސް ގިލްޑާ ގުޅިގެން 'ގޭމިން އެންޑް އީ-ސްޕޯޓްސް ޒޯނެ'އް ވެސް މި ފެސްޓިވަލުގައި ހުންނާނެ އެވެ. މި ޒޯނުން ލިބޭނެ ތަޖުރިބާތަކުގެ ތެރޭގައި:

  • ޕީއެސް 5 ސްޓޭޝަންތައް 

  • ކެޝުއަލް ގޭމިން ސްޓޭޝަންތައް 

  • ރޭސިން ސިމިއުލޭޝަން 

  • ވީއާރު ތަޖުރިބާ

މި ފެސްޓިވަލްގައި ބައިވެރިވާ ފަރާތްތަކަށް ކެއިންބުއިމުގެ އިންތިޒާމުތައް 'ފުޑް ސްޓޯލް ޒޯނު'ން ލިބެން ހުންނާނެ އެވެ. މި ޒޯނުން، ތަފާތު ފޮނިކާތަކެއްޗާއި އޭޝިއާގެ ގައުމުތަކުގެ ކެއުންތަކާއި ސްޕެޝަލްޓީ ކޮފީ، ޖަޕަނީޒް ސްޓްރީޓް ފުޑް އަދި އެކި ބާވަތުގެ ލުއި ކާނާ ލިބެން ހުންނާނެ އެވެ.

މުނިފޫހިފިލުވުމާއި ކުޅިވަރުގެ ހަރަކާތްތަކާ އެކު ވެސް، މި ހަރަކާތުގެ ތެރޭގައި ތައުލީމީ ފުރުސަތުތަކަށް ވަރަށް ބޮޑަށް ވަނީ އިސްކަންދީފަ އެވެ. އެގޮތުން:

  • މި ހަރަކާތް ކުރިއަށްދާ ވަގުތުތަކުގައި ވިލާ ކޮލެޖުގައި ހިންގާ ކޯސްތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް ފުރިހަމަ އެހީތެރިކަން ފޯރުކޮށްދޭނެ

  • ކޯސްތަކަށް އެދި ހުށަހަޅާ ފަރާތްތަކަށް ވަގުތުން ކޯހަށް ހޮވުނު ކަމުގެ ލިޔުން ހަވާލުކުރާނެ 

  • ވަގުތުން ކޯހަށް ރަޖިސްޓްރީވުމުގެ އިންތިޒާމުތައް ވެސް ވަނީ ހަމަޖައްސާފައި 

  • ދަރިވަރުންނަށް އަމާޒުކޮށްގެން ކެރިއަ ސްކްރީނިން އަދި ކެރިއަ ގައިޑެންސް ދިނުމުގެ ހިދުމަތް ވެސް ކުރިއަށްދާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް