ހުޅުމާލެ ކައިރީގައި އަޅާފައި އޮތް އެމްޕެރާ އެކްސްޕްލޯރާގައި ރޯވެ އަނދަނީ. (ދައުރު ފޮޓޯ)
ހުޅުމާލެ ކައިރީގައި އޮތް ސަފާރީއެއްގައި ރޯވެ އަނދަނީ
ހުޅުމާލެ ކައިރީގައި އޮތް އެމްޕެރާ އެކްސްޕްލޯރާ ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވެއްޖެ އެވެ. މިއީ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުގެ ސަފާރީއެެކެވެ.
ތަފްސީލު - އެ ހާދިސާ ހިނގީ މިއަދު ހަވީރު ގާތްގަނޑަކަށް 5 ޖެހިއިރެވެ. އަލިފާން ރޯވިއިރު އެ ސަފާރީ އަޅާފައި އޮތީ ކުރުނބާ މޯލްޑިވްސް އާއި ހުޅުމާލެއާ ދެމެދުގަ އެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި:
-
އެ ސަފާރީގައި ވަރަށް ބޮޑަށް ވަނީ އަލިފާން ރޯވެފައިވޭ.
-
އެ ގަޑީގައި ވައިޖެހެމުންދިޔައީ ހުޅަނގުން ކަމަށްވުމާ އެކު ސަފާރީއިން އެރި ދުންގަނޑު އައީ ހުޅުމާލެއާ ވީ ކޮޅަށް އަދި ހުޅުމާލެ ތެރެއަށް ފެތުރިފައިވޭ
-
އެނގިފައިވާ ގޮތުގައި އެ ސަފާރީގައި އެންމެ ފުރަތަމަ ރޯވީ ލޯންޑްރީ ބައިގައި
އެމްއެންޑީއެފްއިން ބުނީ އަލިފާން ނިއްވުމުގެ މަސައްކަތް ހުޅުމާލެ ފަޔާ ސްޓޭޝަނުން ކުރަމުން އަންނަ ކަމަށެވެ.