ހާއްސަ މަޖިލީހުގެ މެމްބަރުކަން ކުރެއްވި ރާމިޒު ވަނީ އޭގެފަހުން ރައްޔިތުންގެ މަޖިލީހުގެ ގއ. ވިލިގިލީގެ މެމްބަރުކަން ވެސް ކުރައްވާފައި

ހާއްސަ މަޖިލީހުގެ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ރާމިޒު އަވަހާރާވެއްޖެ

ރާމިޒުގެ މައްޗަށް ކަށު ނަމާދު ކުރުން އޮންނާނީ މިއަދުގެ އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި؛ މައްޔިތާއަށް ޒިޔާރާތްކުރުން އޮންނާނީ މިއަދު މެންދުރު 11 ޖަހާއިރުން ފެށިގެން

ގާނޫނުއަސާސީ ހެދުމަށް އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ރާމިޒު މިއަދު އަވަހާރަވެއްޖެ އެވެ. 

ވީ ކިހިނެއް؟ - ރާމިޒުގެ މައްޗަށް ކަށު ނަމާދު ކުރުން އޮންނާނީ މިއަދުގެ އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ. މައްޔިތާއަށް ޒިޔާރާތްކުރުން އޮންނާނީ މިއަދު މެންދުރު 11 އިން ފެށިގެންނެވެ. 

ތަފްސީލް - ރާމިޒު މިއަދު އަވާހާރާވީއިރު އުމުރުފުޅަކީ 74 އަހަރެވެ. ހާއްސަ މަޖިލީހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގއ. ވިލިގިލީ ދާއިރާގެ މެންބަރުކަން ކުރެއްވި ރާމިޒަކީ، ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ނައިބު ރައީސްކަން ވެސް ރާމިޒު ކުރެއްވާފައިވެ އެވެ.

ރާމިޒު އަވަހާރާވުމާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު ވެސް މިއަދު ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް