ނާޒިމް ސައްތާރު. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ ޔަޝާއު)

ނާޒިމް ސައްތާރު

ނާޒިމް ސައްތާރަށް ތޫނު އެއްޗަކުން ހަމަލާދީފި

މި ހަމަލާގައި ޒަހަމްވި މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާ ކަމަށް ފުލުހުން ބުނި
9 މޭ 2026

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރަށް ތޫނު އެއްޗަކުން ހަމަލާދީ ރޭގެ ވަގުތެއްގައި ޒަހަމްކޮށްލައިފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނި ގޮތުގައި، ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލާފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ ރޭ ދަންވަރު 12 ހާއިރެވެ. މި ހަމަލާގައި އަނިޔާވި މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ

ތަފްސީލް - މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުނި ނަމަވެސް، އެއީ ކާކުކަން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، މި ހަމަލާ އަމާޒުވެފައިވަނީ ނާޒިމް ސައްތާރަށެވެ.

ނާޒިމް ސައްތާރަށް ހަމަލާދީފައިވަނީ މާލޭގެ ކޮން ސަރަހައްދަކުން ކަމެއް އަދި މި ހަމަލާ ދިނުމަށް ބޭނުންކުރީ ކޮން ކަހަލަ ތޫނު އެއްޗެއް ކަމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

އޭނާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް ވެސް އަދި ނުލިބެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް